އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިނގިރޭސި ސިފައިން ސީރިޔާއަށް ހަމަލާދޭން ފަށައިފި

އިނގިރޭސި ސިފައިން ސީރިޔާއަށް ހަމަލާދޭން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އިނގިރޭސި ސިފައިން ސީރިޔާއަށް ހަމަލާދޭން ފަށައިފިއެވެ. ބޮޑުވަޒީރު މޭ ބުނީ އިނގިރޭސި ސިފައިން މަސައްކަތްކުރާނީ ގުޅިފައިވާ ލަޝްކަރާއިއެކުގައި ކަމަށެވެ.

މޭ ބުނީ ސީރިޔާ ސަރުކާރުން ކެމިކަލް ހަމަލާތައް ދެމުން ގެންދާއިރު އެތަން ބަަލަން ދުނިޔެ މަޑުން އޮންނާނެކަމަށް ސީރިޔާ ސަރުކާރުންވެސް އަދި ރަސިއާ އިން ވެސް ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

މޭ ބުނީ 2017 ވަނަ އަހަރުން ސީރިޔާ ސިފައިން ވަނީ 17 އަށްވުރެ ގިނަ ކެމިކަލް ހަމަލާތައް ދީފައި ކަމަށެވެ. އަދި މިކަންކަމާއި ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ވައްދަން 7 ފަހަރެއްގެމަތިން ކުރި މަސައްކަތްތަކަށް ރަސިއާ ވަނީ ހުރަސް އަޅާފައި ކަމަށެވެ.

މޭ ބުނީ މި މައްސަލަތައް ހައްލުކުރަން ޑިޕޮލޮމެޓިކް ގޮތުން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތް ކަމަށެވެ. އޮތް ހަމައެކަނި ހައްލަކީ ހަމަލާދީ ސީރިޔާ ސަރުކާރަށް ލިބިފައިވާ ކެމިކަލް ހަމަލާތައް ދިނުމުގެ ބާރުތައް ނައްތައިލުން ކަމަށެވެ. އެހެންކަމުން ސީރިޔާއަށް ހަމަލާތައް ދިނުމުގައި އިނގިރޭސި ސިފައިން ބައިވެރިވަމުން ދާނެ ކަމަށެވެ.

"މިކަމަށް މިކުރިމަތިލީ ޤާނޫނީ ގޮތުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން. މިއީ ސީރިޔާ ހަނގުރާމައިގެތެރެއަށް ވަނުމެއް ނޫން. ނަމަވެސް މިއީ އިންސާނިއްޔަތަށްޓަކައި ޤައުމުތަކުން އަދާކުރަންޖެހިފައިވާ މަސްއޫލިއްޔަތެއް." ކަމަށް ވެސް މޭ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް