ހަޔާތުގައި މައްސަލަތައް ގިނަކަމަށް ހީވާނަމަ، މިއީ އިބްރަތްތެރި ވާހަކައެއް.

ހަޔާތުގައި މައްސަލަތައް ގިނަކަމަށް ހީވާނަމަ، މިއީ އިބްރަތްތެރި ވާހަކައެއް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ދިރިއުޅުމުގައި އެކިއެކި މައްސަލަތަކާއި ހިތާމައާއި ކުރިމަތިވެފައިވާ މީހުންނަށް ހިތްހަމަ ޖެހުން ދިނުމަށްޓަކައި، ދީނީ ޢިލްމުވެރިއަކު ކިޔާދީފައިވާ ވާހަކައެކެވެ.

"ދަނޑުވެރިއަކު ގެންގުޅުނު ހިމާރެއް އެއްދުވަހަކު ވަޅަކަށް ވެއްޓުނެވެ. އެވަޅުން ސަލާމަތް ކުރުމަށް އެދި ހިމާރު ވަރަށް ގިނައިރު ވަންދެން ރޮއެ އާދޭސް ކުރިއެވެ. ދަނޑުވެރިޔާ ވެސް ވިސްނަމުން އަދި މަސައްކަތް ކުރަމުން ދިޔައީ އެހިމާރު ސަލާމަތް ކުރެވޭތޯއެވެ.

އެންމެ ފަހުން ދަނޑުވެރިޔާ ނިންމީ، އެހިމާރަކީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ހިމާރެއް ކަމުން އޭތި ސަލާމަތް ކުރުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ. އަދި އެވަޅަކީވެސް ވެލިއަޅާ ބައްދާލަން ޖެހޭ ވަޅެއް ކަމަށް ދަނޑުވެރިޔާ ނިންމިއެވެ.



ރަހުމެއް ނެތް އެއަމަލުގައި އޭނާއަށް އެހީތެރިވުމަށް އަވައްޓެރިންނަށް އޭނާ ގޮވިއެވެ. އެއެންމެންވެސް އުދެލިތަކެއް ހިފައިގެން ވަޅުތެރެއަށް ފަސް އަޅަން ފެށިއެވެ. ހިމާރު ދިރިހުއްްޓާ ވަޅުލާ، ވަޅުގަނޑަށް ފަސް އަޅާ ބައްދާލުމަށެވެ.

އެމީހުން ކުރަން އުޅެނީ ކީއްކަން ހިމާރަށް ވިސްނުމުން، އޭތި އެންމެ ފުރަތަމަ ވަރަށް ބާރަށް ރޯން ފަށާ، ސަލާމަތަށް އެދި އާދޭސް ކުރާގޮތަށް ހަޅޭލެވިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭތި ރުއިން ހުއްޓާލާ ހިމޭންވިއެވެ. އެކަމާ އެންމެން ވެސް ހައިރާންވިއެވެ.

އިރުކޮޅެއް ވަންދެން ފަސް އެޅުމަށްފަހު، ވަޅު ތެރެއަށް ދަނޑުވެރިޔާ ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެެވެ. ހިމާރުގެ ގަޔަށް އެޅުނު ކޮންމެ ފަސް ކޮޅެއް، ފޮޅާލާފައި ހިމާރު ފުންމައިގެން ފަސްތަކު މައްޗަށް އަރަމުން ދިޔައެވެ. އެފަދައިން އަޅަމުން ދިޔަ ހުރިހާ ފަސްތަކެއް ފޮޅަމުން ގޮސް މައްޗަށް އަރަމުން ގޮސް، އެންމެ ފަހުން ހިމާރު އެފަސްތަކުގެ މަތިން އަރަމުންގޮސް، ވަޅުގަނޑުން ވެސް އަމިއްލައަށް އަރާ ސަލާމަތްވެގެން އުފަލާއިއެކީ ދުވަމުން އެތަނުން ދިޔައެވެ.

މިވާހަކައިން އަންގައިދޭން މިއުޅޭ އެއްޗަކީ، ދިރިއުޅުމުގައި ވެސް ތިމާގެ ހަޔާތަށް އެކި ކަހަލަ ފަސްތައް އަޅުމުން، ތިމާއަށް އެކިއެކި މުސީބާތާއި ހިތާމަތައް ކުރިމަތި ކުރާނެއެވެ. އެކަމުން ސަލާމަތް ވެވޭނެ ގޮތަކީ އެފަސްތައް ފޮޅާލާ، ކުރިއަށް ނުވަތަ މައްޗަށް ޖެހިލުމެެވެ. މާނައަކީ އެކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދާ، ފަސް އެނބުރި ބަލާނުލާ ކުރިއަށް ދިޔުމެވެ.

ތިމާއަކީ ގޮތް ހުސްވެފައިވާ މީހަކަށް ނުވެ، ކަންކަމާއި ހިތްވަރާއިއެކު ކުރިމަތިލާ މީހަކަށް ވެއްޖެނަމަ ދިރިއުޅުމުގައި ކުރިއަށް ދާން ފަސޭހަ ވާނެއެވެ."


ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ