އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދަކީ ކުށެއް ކުރި މީހެއް ނޫން - ކިތަންމެ ވަރަކަށް ހޯދިނަމަވެސް ނުކުރާ ކުށެއް ކުރިކަމުގެ ހެއްކެއް ނުދެއްކޭނެ: ޝަމީމް

ސިޔާދަކީ ކުށެއް ކުރި މީހެއް ނޫން - ކިތަންމެ ވަރަކަށް ހޯދިނަމަވެސް ނުކުރާ ކުށެއް ކުރިކަމުގެ ހެއްކެއް ނުދެއްކޭނެ: ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ވިލާ ގްރޫޕުގެ އެމްޑީ އިބްރާހީމް ސިޔާދު ޤާސިމް އަކީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި ކިތަންމެ ވަރަކަށް ހޯދިނަމަވެސް ނުކުރާ ކުށެއް ކުރިކަމުގެ ހެއްކެއް ނުދެއްކޭނެ ކަމަށް ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ބައެއް މައްސަލަތަކުގައި ފުލުހުންގެ ތަޙްޤީޤްތައް ކުރިއަށް ގެންދަނީ ފުލުހުންނަށް މައުލޫމާތެއް ލިބިގެން ނޫން ކަމަށާއި ވަކި ފަރާތަކުން އަންގާ އެންގުމަކަށް ކަމަށެވެ. "އެހެންފަރާތަކުން މިއަންގަނީ މިވެނި މީހަކު މިވެނިކަމެއް ކޮށްފިއޭ. އެކަމުގެ ހެކި ހޯދާށޭ. ކިތަންމެ ބާރުގަދަ ފަރާތަކުން އެގޮތަށް އެންގި ނަމަވެސް ހެކި ހޯދޭނީ ވުޖޫދުގައި ހިނގައިގެން އުޅޭ ކަމެއްނަމަ ނޫންތޯ؟ ކުށް ނުކުރާ މީހާގެ މައްޗަށް ހެކި ހޯދަން ކިތަންމެ ވަރަކަށް އެންގި ނަމަވެސް ނުފެނުމަކީ ފުލުހުންގެ ނާޤާބިލުކަމެއް ނޫން."

ޝަމީމް ވިދާޅުވީ ތަޙްޤީޤްކުރާ ފުލުހުން މިއަދު މިހަޤީޤަތް ޤަބޫލުކުރަންޖެހިފައިވާ ކަމަށެވެ. "އެއްވެސް ހެއްކެއް ނެތް، އެއްވެސް ސިފައެއްގައި ނުހިނގާ ކަމެއްގެ ހެކި ނުހޯދުމަކީ ފުލުހުން ޒިންމާވާންޖެހޭނެ ކަމެއް ނޫން." ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާރު ރާއްޖޭގައި މިހިނގާ ކަންކަން މިއިން ޒަމާނެއްގައިވެސް ނުހިނގާ ކަމަށާއި ނަމަވެސް މާކުރީ ޒަމާނުގައި ހިނގާފައި އެބަހުރި ކަމަށެވެ. "ޝައިޚް ޢަބްދުއްރަޙްމާން ރާއްޖެވަޑައިގެންނެވި ދުވަސްވަރު މިފަދަ ކަމެއް ހިނގި. ޝައިޚް އަބްދުއްރަޙްމާން ފަނޑިޔާރުގެއަށް ގެންގޮސް ސުވާލުތަކެއް ކުރި. އެއްވެސް ކުށެއް ނުދެއްކުނީމާ ފަނޑިޔާރު މަނިކުފާނު އެންގެވީ ބޭރަށް ނެރެ ތައުޒީރުކުރަން. ތައުޒީރުކުރުމަށްފަހު ވައްދައި އަދަބު ދެވުނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާތޯ ސުވާލު ކުރެއްވީމާ ވިދާޅުވީ އަދި އެއްވެސް އަދަބެއް ލިބިވަޑައިނުގަންނަވާކަމަށް. އެ ބަސްފުޅުގެ މާނައަކީ އަދަބަކަށް ވާނީ އިންސާފުވެރި ޝަރީއަތެއްކޮށް ކުށް ސާބިތުވެގެން އަދަބު ދެވުނީމައޭ. އެއިގެ ބޭރުން ދެނީ އަދަބެއް ނޫނޭ. އަނިޔާއޭ. ރާއްޖެއިން މިއަދު މިފެންނަނީ އެކަންކަން ތަކުރާރުވަމުންދާތަން." ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސިޔާދު ބަންދުކުރުމާއި ބަންދުގައި ބަހައްޓަން މުއްދަތު ޖެހުމާއި މިފަދަ ހުރިހާ ކަންކަން ވެސް ހިނގައިދިއައީ ފުލުހުންނަށް ޤާނޫނީ ގޮތުން ޖަވާބުދާރީވެވޭފަދަ ޙާލަތެއްގައި ނޫން ކަމަށެވެ. އެކަން އެނގެނީ ވަކީލުންގެ ސުވާލުތަކަށް ޖަވާބުދާރީ ވެވިފައި ނެތުމުން ކަމަށެވެ.

"ހައްޔަރުކުރުން ޤަވާއިދާ ޚިލާފް. މުއްދަތު ޖެހުން ޤަވާއިދާ ޚިލާފް. ވަކީލުން ސުވާލުކުރީމާ ޖަވާބެއް ނުދެވޭ. އެއިގެ މާނައަކީ ކޮންމެވެސް ގޯހެއް އެބައުޅެއޭ. މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޝަރީޢަތްތައް ސިއްރުކޮށްފާނެތީ. އެނގިވަޑައިގަންނަވާނެ ސިއްރުން ޢާންމުކޮށް މީހުން ހިންގާނީ ޖަރީމާ. އެހެންވީމާ ސިއްރު ހެކިބަހާ ސިއްރު ޝަރީއަތާ- ކީއްކުރަންތޯ ސިއްރުކުރަންވީ؟ އިންސާނީ ޠަބީއަތަކީ ގޮސް ކަންކަމާ ވައްކަން ފަދަ ކަންކަން ވަގަށް ކުރުން. ނުވަތަ ކޮންމެވެސް ޖަރީމާއެއް ހިންގާނަމަ ހިންގާނީ ވަގަށް. މީހުން ކުރިމައްޗަކު އެއްވެސް މީހަކު ވައްކަމެއް ނުކުރާނެ. މީހުން ކުރިމަތީގަ ކުރީމާ އެކަން ނުވާނެ ވައްކަމަކަށް."

ޝަމީމް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ގޯސްކޮށް ކަންކަން ނުކުރި ނަމަވެސް ދުނިޔޭގެ ކޯޓުގައި ސިއްރުން ކުރަނީ ގޯސްކޮށް ކުރާ ކަންތައްތައް ކަމަށެވެ.

ގުޅުންހުރި އަޑު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް