ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ އެވޯޑަށް ވާދަކުރާ ހަ ކުޅުންތެރިން އިއުލާންކޮށްފި

ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ އެވޯޑަށް ވާދަކުރާ ހަ ކުޅުންތެރިން އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު


އިނގިރޭސި ވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ލީގުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މި އަހަރު ވާދަކުރާ ހަ ކުޅުންތެރިން އިއުލާންކޮށްފިއެވެ.

މި އެވޯޑަށް މި އަހަރު ވާދަކުރާ ހަ ކުޅުންތެރިންގެ ތެރޭގައި މި ސީޒަންގައި އިނގިރޭސި ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ ސިޓީގެ ކެވިން ޑެ ބްރައިނާއާއި، ޑޭވިޑް ސިލްވާއާއި، ލީރޯއި ސާނޭއެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ދެން ވާދަކުރާ ކުޅުންތެރިންނަކީ، ލިވަޕޫލްގެ މުހައްމަދު ސަލާހާއި، ޓޮޓެންހަމްގެ ހެރީ ކޭންއާއި، މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

މި ހަ ކުޅުންތެރިންގެ ތެރެއިން މެންޗެސްޓާ ސިޓީގެ ލީރޯއި ސާނޭއާއި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ޕީއެފްއޭއިން ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ދެން ޒުވާން މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންނަކީ، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިންއާއި، ސިޓީގެ ގޯލްކީޕަރު އެޑަސަންއާއި، މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑާއި، ފުލަމްގެ ރަޔަން ސޮސަނެވެ. މި އެވޯޑަކީ އިނގިރޭސި ލީގުތަކުގައި ކުޅޭ 21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނަށް ޚާއްޞަކޮށް ދޭ އެވޯޑެވެ.

ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މިދިޔަ އަހަރު ކާމިޔާބުކުރީ ޗެލްސީގެ އެންގޯލޯ ކާންޓޭއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ ޓޮޓެންހަމްގެ ޑެލެ އަލީއެވެ. މި ދެ ކުޅުންތެރިން ވެސް މި އަހަރުގެ އެއްވެސް އެވޯޑަކަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ނުހިމެނެއެވެ.

ސޯޝަލް މީޑިއާގައާއި ފުޓުބޯޅަ ވެބްސައިޓްތަކުގައި ހިންގާ ޕޯލްތަކުގެ ނަތީޖާތައް ދައްކާ ގޮތުގައި، ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މި އަހަރު ކާމިޔާބުކުރާނެކަމަށް ގިނަ ބަަޔަކު ދެކެނީ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް