ރައްކާތެރި އަމާން މާޙައުލެއް ޤާއިމްކުރުމަށް ބޮޑުފުޅަދުއާއި މަތިވެރީގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ރައްކާތެރި އަމާން މާޙައުލެއް ޤާއިމްކުރުމަށް ބޮޑުފުޅަދުއާއި މަތިވެރީގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރައްކާތެރި އަމާން މާޙައުލެއް ޤާއިމްކުރުމަށް، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން، އއ. ބޮޑުފުޅަދުއާއި މަތިވެރީގައި ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މަތިވެރި ޕޮލިސް ސްޓޭޝަނާއި މަތިވެރި ސްކޫލް ގުޅިގެން، ކައުންސިލްގެ އެހީތެރިކަމާއިއެކު، މަތިވެރި ސްކޫލްގެ ގްރޭޑް 5ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށް ކަސްރަތު ޕްރޮގްރާމެއް ފަށާފައިވެއެވެ. އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ދިރިއުޅުމުގެ ރީތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މަތިވެރި ސްކޫލުން ކުރިއަށްގެންދިޔަ ފަރުކޮއެ ޕްރޮގްރާމްގައި މަތިވެރި ޕޮލިސް ސްޓޭޝަނުން ބައިވެރިވެ، ރަށުގެ ފަޅުތެރެއާއި ފަރު ސާފުކުރުމުގައި ބައިވެރިވެފައިވެއެވެ.

މަތިވެރީގެ އިތުރުން ބޮޑުފުޅަދޫގައިވެސް މަތިވެރި ޕޮލިސް ސްޓޭޝަނުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބޮޑުފުޅަދޫ ސްކޫލްގެ ގްރޭޑް 6ން 10ށް ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭޕްރީލް 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 48 ދަރިވަރުން ބައިވެރިވެފައިވާއިރު، މިޕްރޮގްރާމްގައި އާއްމު އިޖްތިމާޢީ މިންގަޑު ތަކަކީ ކޮބައިކަން ދަރިވަރުންނަށް އޮޅުންފިލުވައިދީ ދިރިއުޅުމުގެ ރީތި އަދަބުތައް ދަސްކޮށްދީފައިވެއެވެ.

މީގެއިތުރުން ބޮޑުފުޅަދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދިނުމުގެ އިތުރުން ދިރިއުޅުމުގެ ރީތި އަދަބުތައް ދަރިންނަށް ދަސްކޮށްދިނުމަށް އިރުޝާދުދީފައިވެއެވެ. މިޕްރޮގްރާމްގައި ބޮޑުފުޅަދޫ ސްކޫލްގެ 55 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު