ތިބާއަށް ސުވަރުގޭގަ ޚާއްޞަ ކުރެވިފައިވާ މަޤާމް ދުނިޔޭގައި ހުރެ ބަލާލަން ބޭނުންތަ؟

ތިބާއަށް ސުވަރުގޭގަ ޚާއްޞަ ކުރެވިފައިވާ މަޤާމް ދުނިޔޭގައި ހުރެ ބަލާލަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ސުވަރުގޭގައި ތިބާއަށް ކަނޑައެޅިފައިވާ ނުވަތަ ޚާއްޞަ ކުރެވިފައިވާ މަޤާމް ދުނިޔޭގައި ހުރެ ބަލައިލަން ބޭނުންހެއްޔެވެ؟ އެއީ ލިބުން އެކަށީގެންވާ ފުރުޞަތެކެވެ. މާތް ﷲ އެ ފުރުޞަތު ވަނީ އެކަލާނގެ އެފުރުޞަތު ދެއްވަވަން އިރާދަކުރެއްވެވި އަޅުންނަށް ދެއްވަވައިފައެވެ. ވީމާ ތިބާއަށް ވެސް ނުލިބޭނެކަމަށް ކަނޑައެޅުމެއް ނެތެވެ.

މިސާލަކަށް ފިރުއައުނުގެ އަނބިންގެ ތެރެއިން މާތް ﷲ އަށް އީމާންވެވަޑައިގެންނެވި އަނބިކަނބަލުންގެ ހާދިސާއަށް ބަލައިލަމާ ހެއްޔެވެ؟

އެކަމަނާ މާތް ﷲ އަށް އީމާންވުން ހުއްޓުވަން ފިރުއައުނު އޭނާގެ ސިފައިން ލައްވާ ނުކުރަނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ތަޅައި އަނިޔާކުރީ ކޮންފަދައަކުން ހެއްޔެވެ؟ އެއްތެލުންނާއި ދުއްރާއިން ތެޅީ ކޮންފަދައަކުން ހެއްޔެވެ؟

އަނިޔާވެރިކަން އިންތިހާއަށް ދިއަ ވަގުތު މާތް ﷲ އެކަމަނާއަށް ދެއްކެވީ ސުވަރުގެއިން އެކަމަާއަށް ޚާއްޞަ ކުރެވިފައިވާ މަޤާމެވެ. އެވަގުތު އެކަމަނާ ހިނިވަރުނަކުރެއްވިއެވެ. ހަމަ އެއްވެސް އަނިޔާއެއް ލިބިވަޑައިނުގަންނަވާ ފަދަ އިޙްޞާޞްތަކާއިއެކުގައެވެ. ބައަކު ހަށިކޮޅުގައި ތަޅައި އަނިޔާކުރާކަމުގެ އަސަރެއްވެސް ނެތިއެވެ.

ފިރުއައުނުގެ ރުޅި އިންތިހާއަށް ގަދަވެގެންދިއައެވެ. އަދި އެއޮތީ ދުނިޔެއިން މޮޔަވެފައިކަމަށް ބުނެ ފުރައްސާރަކުރިއެވެ. އައި ގަދަރުޅީގައި ކުރި އަމުރަށް ބޮޑު ހިލައެއް ގެނުވައި އެކަމަނާގެ ހަށިކޮޅުގެ މައްޗަށް ވައްޓާލައި ޗިސްޗިސްކޮށްލިއެވެ. ނަމަވެސް އެއިގެ ކުރިން މާތް ﷲ އެކަމަނާގެ ފުރާނަ ގެންދަވައިފިއެވެ.

މާތް ﷲ ގެ ޙަޟްރަތުން މިފަދަ މަތިވެރި ނިއުމަތްތަކަށް އެދޭ މީހާއަށް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އީމާންކަން ވަރުގަދަކުރުމެވެ. މާތް ﷲ ގެ މަގުގައި ފިސާރި ފުރިހަމައަށް ސާބިތުވުމެވެ. އެކަންކަން ތިބާގެ ކިބައިގައި ހުރި މިންވަރެއް އެނގޭނީ ހަމަ ތިބާއަށް އެކަންޏެވެ.

މާތްﷲ ވަނީ އެކަލާނގެ ރަހްމަތްފުޅު މީސްތަކުންނަށް ހުޅުއްވައިލަދެއްވަވައިފައެވެ. އެމީހަކު ބޭނުންވަރަކަށް ޚަޒާނާއިން ނަގަންވީއެވެ. އަހަރެމެންނަށް ނުނެގޭނީއެވެ. ކިތަންމެ ގިނައިން ނެގި ނަމަވެސް މާތް ﷲ ގެ ޚަޒާނާއިން ހަމަ ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް