އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޤީޤީ ލޯބިވެރިއަކު ހޯދަން ފަޤީރަކަށް ހެދިގެން ހޮސްޕިޓަލްގައި އެޑްމިޓްވި ސުހީނާ އަށް ބައިވެރިއަކު ލިބުނު ގޮތުގެ ވާހަކަ

ހަޤީޤީ ލޯބިވެރިއަކު ހޯދަން ފަޤީރަކަށް ހެދިގެން ހޮސްޕިޓަލްގައި އެޑްމިޓްވި ސުހީނާ އަށް ބައިވެރިއަކު ލިބުނު ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 59 ސިކުންތު

އަޖްމަލް އަކީ އިނގިރޭސިވިލާތުގެ ވަރަށް އާދައިގެ ޢާއިލާއަކަށް ނިޞްބަތްވާ ޒުވާނެކެވެ. އަޖްމަލް ބޭނުންވަނީ އޭނާއަށްވުރެ ވެސް ފަޤީރު ޢާއިލާއެއްގެ ކުއްޖަކާއި ކައިވެނިކުރުމަށެވެ.

އަޖުމަލް ޤަބޫލުކުރާ ގޮތުގައި މުއްސަނދިންނާއި ކައިވެނިކުރުމުން އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެމީހުން އަބަދުވެސް އުޅޭނީ މުއްސަނދިކަން އިތުރުކުރާށެވެ. ޢާއިލާއަކަށް ވަގުތެއް ނުދޭނެއެވެ. އެމީހުންގެ ކުރިމަތީގައި ހަޤީޤީ ލޯބީގެ އެއްވެސް އަގެއް ނުއޮންނާނެއެވެ. ލޯތްބަކީވެސް ހުރިހާ އެއްޗަކީވެސް ހަމަ ފައިސާއެވެ.

އަޖުމަލް އެދުވަސްކޮޅު ގިނަ ވަގުތު ހޭދަކުރަމުން ދިއައީ އަވަށުގެ ހޮސްޕިޓަލެއްގައެވެ. އެއީ އަވަށްޓެރި އަންހެނަކު އެޑްމިޓްކޮށްފައި އޮތުމުންނެވެ. އޭނާއަކީ އެކަނި ހުރި މުސްކުޅި އަންހެނަކަށްވެފައި ފަޤީރުކަމުން އޭނާ އާއި އެއްވެސް މީހަކު އަޅައިނުލާތީއެވެ.

އެދުވަސްވަރު ޖެހިގެންހުރި ވޯޑުގައިވެސް ހަމައެހައި ނިކަމެތި އަންހެން ކުއްޖަކު އެދްމިޓްކޮށްފައި އޮތްކަން އަޖުމަލަށް އެނގުނެވެ. އެންމެ ކުޑަމިނުން ޕާނެއް، ފެންފުޅިއެއް ފަދަ އެއްޗެއްވެސް ގަނެލަދޭނެ މީހަކު ނުވާތީ އެކުއްޖާ އޮންނަނީ ވަރަށް ދެރަވެފައިކަން އަޖުމަލަށް އެނގުމުން އެކަމާ އަޖުމަލް ވަރަށް ދެރަވިއެވެ.

އަމިއްލައަށް ކުއްޖާ ގާތަށް ގޮސް އެހިތެރިވެދިނުމަށް ވޮލަންޓިއަރ ކުރިއެވެ. ފުރަތަމަ ވެސް އެކުއްޖާ ބުނީ ބަދަލަގައި ދޭނެ އެއްވެސް އެއްޗެއް އަތުގައި ނެތްކަމަށެވެ. މިދުނިޔެއިން އެއްވެސް ކަމަކަށް އެދުމުގެ ބޭނުމެއް ނެތި މާތް ﷲ ގެ ޙަޟްރަތުން ސަވާބަށް އެދިގެން އެހީތެރިވެދޭނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ބައްދަލުވެ އުޅެވެން ފެށުމުން ދެ ކުދިން އެކަކު އަނެކަކަށް ތަޢާރަފްވިއެވެ. މިއެހީތެރިވެވެނީ ސުހީނާ އަކަށްކަންވެސް އެނގުނީ ،2 3 ދުވަސް ފަހުންނެވެ.

ދުވާލުގެ ގިނަ ވަގުތުތަކުގައި ސުހީނާ އޮންނަނީ ވޯޑަކު ނޫނެވެ. ކޮންމެ ދުވަހަކުވެސް ޑޮކްޓަރުންތަކެއް އައިސް ސުހީނާ ގެންދެއެވެ. ގެންނަނީ އިރުއޮއްސުމާއި ގާތްވެފައިވަނިކޮށެވެ. ސުހީނާ ބުނަނީ އޭނާގެ ބައްޔަށް ފަރުވާއެއްގެ ގޮތުން ތެރަޕީ ދޭން ގެންދަނީ ކަމަށެވެ.

އެގޮތުގައި މަހެއްހައި ދުވަސްވީއިރު އެއް ކުއްޖަކަށް އަނެއް ކުއްޖަކު ވަރަށް ބޮޑަށް ކަމުދާން ފަށައިފިއެވެ. ގަޔާވާން ފަށައިފިއެވެ. މަޑުމަޑުން ގޮސް ލޯތްބަށް ބަދަލުވެއްޖެއެވެ.

ސުހީނާގެ ބައްޔަށް ފަރުވާލިބި ގަދަވެގެން ހޮސްޕިޓަލުން ދޫކޮށްލަން 3،2 ދުވަހަށް ވަނީ ކައިރިވެފައެވެ. ސުހީނާ ބޭނުންވަނީ އަޖްމަލް އާއި ކައިވެނިކޮށްގެން އަންބެއްގެ ގޮތުގައި އަޖްމަލްގެ ގެއަށް ދިއުމަށެވެ.

އަޖުމަލްގެ މައްސަލައަކަށްވީ ކައިވެނިކުރާނެ ފައިސާ އަތުގައި ނެތުމެވެ. ސުހީނާ ބުނީ އޭނާ ވަރަށް މަސައްކަތުން އެއްކޮށްފައިހުރި ފައިސާކޮޅެއް ހުންނާނެ ކަމަށާއި އެފައިސާކޮޅު ކައިވެންޏަށްޓަކައި ހޭދަކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަޖްމަލްގެ ލޯތްބަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

އަޖްމަލްވެސް އެކަން ޤަބޫލުކޮށް ސުހީނާގެ ފައިސާއިން ޚަރަދުކޮށްގެން ކައިވެނިކުރީއެވެ. ސުހީނާ ދޫކޮށްލަން އޮތް ދުވަހު ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން ވަގުތެއް ހަމަޖައްސައިގެން ދެކުދިން މިސްކިތަށް ގޮސް މިސްކިތުގައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ދެކުދިން އެކުގައި ދިއައީ އަޖްމަލުގެ ގެއަށެވެ. އަޖްމަލްގެ ޢާއިލާއިން ސުހީނާއަށް ކީ ވަަރަށް ހޫނު މަރުހަބާއެކެވެ.

ޢިޝާ ނަމާދުކުރީ ދެމަފިރިން އެކުގައެވެ. އަޖްމަލްއަށް ކާން ހަދައިދޭން ސުހީނާ ބޭނުންވިއެވެ. ނަމަވެސް އެ ފުރުޞަތު ސުހީނާއަށް ދޭން ޢާއިލާއިން އެއްބަހެއް ނުވިއެވެ. ޢާއިލާއިން ބޭނުންވީ އަދި އިހަށް އަރާމުކޮށްލުމަށެވެ. ،2 3 ދުވަހަށްފަހު މަޑުމަޑުން ކަންކަން ކޮށް އުޅެން ފެށުމަށެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޢާއިލާގެ އެންމެން އެކުގައި ކާން ތިއްބާ ބޭރުން އައި މީހަކު ރަނގަބީލު ޖެހުމުން ދޮރުހުޅުވިއިރު ކޯޓެއްލައިގެން ހުރި މީހަކު ހުއްޓެވެ. އޭނާ ބުނީ އޭނާ އަކީ ސުހީނާގެ އެންމެ ގާތް މީހާ ކަމަށާއި އައީ ސުހީނާގެ ކައިވެންޏަށް މަރުހަބާ ކިޔަން ކަމަށެވެ. އޭނާގެ ފަހަތުގައި ބޮޑީ ގާޑެއްވެސް ހުރުމުން އެއީ އާދައިގެ މީހެއް ނޫންކަން އެނގުނެވެ.

އޭނާއަށް މަރުހަބާ ކިޔުމުން ސިޓިން ރޫމަށްވަދެ ވާހަކަދައްކަން އިރުކޮޅަކު އިނދެފައި ސިޓީއުރައެއް ދިއްކޮށްލިއެވެ. "ސުހީނާގެ ހަނީ މޫނަށް ހުންނާނެ ގްލިޓަން ހޮޓަލުގަ އެޕާޓްމަންޓެއް ހިފާފަ. ވައުޗަރު އުރައިގަ އޮންނާނެ. ޚަރަދުކުރާނެ ފައިސާ ކްރެޑިޓް ކާޑުގަ ހުންނާނެ. ދެކުދިން އުފާކޮށްލާ. ބާއްޖަވެރި ހަޔާތަކަށް އެދެން."

އޭނާ ނުކުމެގެން ހިނގައްޖެއެވެ. މިކަންވީ އަޖްމަލަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެހައި މުއްސަނދި ގާތް މީހެއް ހުންނަ ވާހަކަ ސުހީނާ ކުރިން ބުނެފައި ނެތުމުންނެވެ.

އަޖުމަލް ނިންމީ އެއްވެސް އިތުރު ސުވާލެއް ސުހީނާ އާއި އެވަގުތު ނުކުރުމަށެވެ. ސުހީނާ ބޭނުންވާ ގޮތަށް ކަންކަން ކުރަން ފުރުޞަތު ދިނުމަށެވެ.

ހަނީމޫންގެ 3 ދުވަހު އަޖްމަލަށް ކެތެއް ނުކުރެވުނު ހިތުގައި ހުރި ސުވާލުތައް އޮއްސަން ފެށިއެވެ. ހޮސްޕިޓަލުގައި އޮތްއިރު އަޅައިލާނެ އެކަކުވެސް ނެތިފައި ކުއްލިއަކަށް މިހައި މުއްސަނދި މީހަކު މިހައި ބޮޑު ޚަރަދެއް ކުރި ސަބަބާއިމެދުގައެވެ. މިހައި މުއްސަނދި ގާތް މީހަކު ހުއްޓައި އެހައި އާދައިގެ ވޯޑެއްގައި އެހައި ގިނަ ދުވަހު އޮތް ސަބަބާއިމެދުގައެވެ.

ސުހީނާ އޭނާގެ ހަޤީޤަތް ކިޔައިދޭން ފެށިއެވެ. އެއްވެސް ފޮރުވުމެއް ނެތިއެވެ. "އަޖްމަލް އެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް އަހަރެންގެ އެންމެ ގާތް މީހާއެވެ. އެއީ އަހަރެންގެ ބައްޕައެވެ. އަހަރެމެން ނިސްބަތްވަނީ އަޒަރބައިޖާނަށެވެ. ބައްޕައަކީ ބިލިއަނަރެކެވެ. އަސްލުގައި އަހަރެމެން ދިރިއުޅެނީ ލަންޑަނުގައެވެ.

އަހަރެން ބައްޕަގެ ރުހުން ހޯދައިގެން ގެއިން ނުކުތީ އަހަރެންގެ މަސްގަނޑު ދެކެ ލޯބިވާނެ ފިރިހެނަކު ހޯދާށެވެ. ހޮސްޕިޓަލުގައި އަހަރެން އޮތީ ބަލިވެގެނެއް ނޫނެވެ. އަޖްމަލް ފަދަ މީހަކާއި ބައްދަލުވުމުގެ އުންމީދުގައެވެ.

އަޖްމަލަށް ކުރިން ކިޔައި ނުދިނީ މުއްސަނދި ޢާއިލާއަކާއި ގުޅެން އަޖްމަލް ބޭނުންނުވާކަން އެނގުމުންނެވެ. މިއީ ކުރެވުނު ކުށަކަށްވެސް ވެދާނެއެވެ. އަޖްމަލްއެވެ. އަޖްމަލް މުއްސަނދި އާއިލާއަކާއި ގުޅެން ބޭނުންނުވާކަން އެނގުނުއިރު އަހަރެންގެ ކަންތައްތައް ވަނީ އަޖްމަލް އާއި ވަކި ނުވެވޭނެ ހިސާބަށް ގޮސްފައެވެ. އެހެންކަމުން ހުރިހާ ކަމެއް މާތް ﷲ އާއި ވަކީލްކޮށް މި ބޮޑު ރިސްކް ނެގީއެވެ.

އަޖްމަލް އެވެ. އަހަރެމެންނަކީ މުއްސަނދި ބައެކެވެ. ނަމަވެސް އަޖްމަލަށް ވިސްނިފައި އޮތް ގޮތާއި އަހަރެމެންގެ ދިރިއުޅުން ވަރަށް ތަފާތުވާނެއެވެ. ބައްޕައަކީ އިސްލާމް ދީނުގެ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ މީހެކެވެ. އެހެންވީމާ އަޖްމަލް ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ގިނަ އުޅޭނީވެސް ގޭގައެވެ. މިސްކިތަށް ދާނެއެވެ. މިސްކިތްތަކަށް އެހިތެރިވެސްވާނެއެވެ.

ސުހީނާ އެދެނީ އަޖްމަލް ސުހީނާ މެންގެ ގެއަށް ގޮސްލައިދިނުމެވެ. ކަންކަން ހުރި ގޮތް ބަލައި ތަޖުރިބާ ކޮށްލުމަށެވެ. އަޖްމަލް ހިތްހަމަ ނުޖެހޭ މާހައުލަކަށް ވެއްޖެނަމަ ސުހީނާ މިހުރީ އެނބުރި އަޖްމަލް އާއިއެކު އައިސް އަޖްމަލްގެ ޢާއިލާ އާއިއެކު ދިރިއުޅެން ތައްޔާރަށެވެ.
ދެން އޮތީ މަންމަގެ ވާހަކައެވެ. މަންމަ ވަނީ މީގެ ދެ އަހަރުކުރިން ނިޔާވެފައެވެ."

ސުހީނާގެ ވާހަކަތައް ރަނގަޅަށް އަޑުއެހުމަށްފަހު އަޖްމަލް ނިންމީ ސުހީނާގެ ބަސް ޤަބޫލުކުރާށެވެ. އެގެއަށް ގޮސް ކަންކަން ހުރިގޮތް ބަލައިލުމަށެވެ. ހަޔާތަށް މިއައި ބޮޑު އިންޤިލާބަކީ މާތް ﷲ މިންވަރުފުޅު ކުރެއްވެވި ބޮޑު ނިއުމަތެއް ކަމަށް ޤަބޫލުކުރާށެވެ.

ހަނީމޫނަށްފަހު ދިއައީ ސުހީނާގެ ގެއަށެވެ. ގޭގެ ކަންތައްތައް ހުރީ ހަމަ ސުހީނާ ބުނި ގޮތަށެވެ. ސުހީނާގެ ބައްޕައަކީ ބިލިއަނަރެއް ނަމަވެސް ވިޔަފާރީގެ ކަންކަމުގައި އުޅެނީ ވަރަށް މަދުންނެވެ. އަބަދުހެން އުޅެނީ ދީނީ ކޮންމެވެސް ކަމެއްގައެވެ. ދީނީ ޖަމާއަތްތަކާއި ބައްދަލުކުރުމުގައެވެ. ވަގުތު ހޭދަކުރަނީ ޤްރްއާން ކިޔެވުމުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ