އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫން ހައްޔަރުކުރީ ބިރުދައްކައިގެން ތާއީދު ހޯދަން: ސައުދު

ރައީސް މައުމޫން ހައްޔަރުކުރީ ބިރުދައްކައިގެން ތާއީދު ހޯދަން: ސައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކުރީ ބިރު ދައްކައިގެން ރައީސް ޔާމީނަށް ތާއީދު ހޯދަން ކަމަށް ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިރޭ ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރުމުގައި ދެ ބޭނުމެއް އެބައޮތް ކަމަށެވެ. އެއް ކަމަކީ ރައީސް މައުމޫން އާއި ޢާއިލާއިން ރައީސް ޔާމީން އަރިއަހަށް ގޮސް އާދޭސްކުރަން ޖެއްސުވުން ކަމަށާއި އެކަން ކުރުވަން އުޅެނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ރައީސް މައުމޫން އަލުން ތާއީދުކުރައްވައި ރައްޔިތުންގެ ތާއީދު ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވަފާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ސައުދު ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް އަނިޔާވެރިވި ނަމަވެސް އެ މަޤްޞަދު ޙާޞިލު ނުކުރެވޭނެކަމަށާއި އެކަން ރައީސް ޔާމީނާއި ޢާއިލާ އިން ގެންދަވަނީ ސާބިތުކަމާއިއެކު ދައްކަވައިދެއްވަމުން ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރުމުގެ ދެވަނަ ބޭނުމަކީ އިދިކޮޅު ހަރަކާތްތަކުގައި ތަޅުއަޅުވައި ހުއްޓުވައިލުން ކަމަށެވެ. ނަމަވެސް އެއީ ވެސް ކާމިޔާބު ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް