ކައްވަޅުގައި ވިހައި ބޮޑުވުމުން ބައްޕަ އާއި ޙަވާލުކުރެއްވެވި ކުއްޖާގެ ވާހަކަ - ޝައިޚް ޢަބްދުލްޢަޒީޒް ހުސައިން

ކައްވަޅުގައި ވިހައި ބޮޑުވުމުން ބައްޕަ އާއި ޙަވާލުކުރެއްވެވި ކުއްޖާގެ ވާހަކަ - ޝައިޚް ޢަބްދުލްޢަޒީޒް ހުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޢުމަރުގެފާނުގެ ދަރުބާރަށް ދަރިއަކު ގޮވައިގެން މީހަކު ހާޒިރުވިއެވެ. އެ ކުއްޖާ އާއި ބައްޕާ އާއި ދެބަފައިން ވައްތަރުކަން ބޮޑުކަމުން އުމަރުގެފާނު ވެސް އެކަން ފާހަގަކުރެއްެވެވުމުން އޭނާ ކިޔައިދިނެވެ.

"މިދަރިފުޅަށް ބަލިވެއިންދާ އަޅުގަނޑަށް ދަތުރަކު ދާންޖެހުނެވެ. އެ ދަތުރު ދިއުމާއި އަންހެނުން ނުގަބޫލުވިއެވެ. ނަމަވެސް ނުގޮސް މަޑުކުރެވޭނެ ގޮތެއް ހަމަ ނެތުމުން ދާން މަޖުބޫރުވެގެން ދިއައީމެވެ. ދަމުން އަންހެނުންގެ ބަނޑުގައި އަތްޖައްސާލާފައި ބުނީމެވެ. ދަރިފުޅާއި މާތް ﷲ އާއި ވަކީލެވެ.

ދަތުރު ގޮސްއުޅެފައި އައި އިރު ގެ ހުރީ ތަޅުލައިފައެވެ. ޢާއިލާގެ މީހުންގެ ކިބައިން މައުލޫމާތު ލިބުނީ ގެތަޅުލާން ޖެހުނީ ދައްތަ މަރުވުމުން ކަމަށެވެ. ދައްތަ މަރުވީ ނުވިހައި ކަމެވެ.

އެހިސާބުން އެކަން އެނިމުނިތާއެވެ. މާތް ﷲ އާއި ވަކީލުކޮށްލައިގެން ހުރެފައި އެއްދުވަހު ސަހަރާ ކައިރިން ދިއައިރު މަހާނައަކުން ދުން އަރަނީއެވެ. މީސްތަކުން ގާތު އަހައިގެން ބެލިއިރު އެމަހާނަވީ އަނބިމީހާގެ މަހާނައަށެވެ.

އަނބިމީހާގެ މާހަނައިން ދުން އަރާކަށް ނުޖެހޭނެއެވެ. އެއީ ހާދަ ތަޤްވާވެރި އަންހެނެކެވެ. ޤަވާއިދުން ދަމުނަމާދުކޮށް އުޅުނު އަންހެނެކެވެ. ޢާއިލާގެ އެންމެންނަށްވެސް ވެވުނު ވަރަކުން ެހީތެރިވެދީ އުޅުނު އޯގާތެރިއެކެވެ.

އެހެންކަމާއިއެކުވެސް މަހާނަކޮންނަން ފެށީމެވެ. ސުބްހާނަﷲ! އަންހެނުން އެއިނީ ކޮޅަށެވެ. އެކަމަކު މަރުވެފައެވެ. ދެން އޮތީ މިދަރިފުޅެވެ. ދިރިދިރިއެވެ.

ޢިލްމުވެރިން ވިދާޅުވީ އެމީހާ މާތް ﷲ އާއި ހަވާލުކުރި އަމާނާތް މާތް ﷲ ބަލަހައްޓަވައި ދެއްވެވީ ކަމަށެވެ. އޭނާއަށް މާތް ﷲ އާއި އަނބިމީހާ ހަވާލުކުރެވެވުނު ނަމަ އަނބިމީހާވެސް މާތް ﷲ ބަލަހައްޓަވައި ދެއްވެވީސް ކަމަށެވެ. ކޮންމެ ކަމެއްވެސް ވެގެންދާނީ އެކަމެއް ވުމަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތަށެވެ.

- އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން (ޢަޒީބެ)ގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް