ހުޅުމާލޭގެ ތިން ތަނަކުން ވައްކަން ކޮށްފި

ހުޅުމާލޭގެ ތިން ތަނަކުން ވައްކަން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ހުޅުމާލޭގެ ތިން ތަނަކުން ރޭ ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވަނީ ހުޅުމާލޭގެ ދެ މާޓަކާއި ސެލޫނަކުން ވައްކަން ކޮށްގެން، މިއަދު ހެނދުނު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ވައްކަން ކޮށްފައިވަނީ ކިހިނެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭގައި ރޭ ތިންތަނަކުން ކޮށްފައިވާ ވައްކަމުގެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

ނަމަވެސް ވައްކަން ކޮށްފައިވަނީ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ ތިން ތަނަކުން ކަމަށާއި އެހުތިހާ ތަނަކުން ވެސް ކޮންމެވެސް ވަރަކަށް ފައިސާ ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ