ފިތުރު ޢީދުގައި ބާއްވާ ތޮއްޑޫ ބްރައިޓް ކްލަބް ފުޓުބޯޅަ މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް، ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ

ފިތުރު ޢީދުގައި ބާއްވާ ތޮއްޑޫ ބްރައިޓް ކްލަބް ފުޓުބޯޅަ މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް، ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު


އއ.ތޮއްޑޫ ބްރައިޓް ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދުގެ މުނާސަބާތުގައި އެ ރަށުގައި ބާއްވާ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް މި ފަހަރު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
ތޮއްޑޫ ބްރައިޓް ކްލަބްގެ މެންބަރު ޝިފާޒު ޢަލީ 'މިއަދު' ނޫހަށް ވިދާޅުވީ މި މުބާރާތަކީ މިދިޔަ 25 އަހަރުއްސުރެން އެ ރަށުގައި ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ނައިން ސައިޑް ފުޓުބޯޅަ މުބާރާތެއް ކަމަށެވެ. މީގެ ކުރީ ފަހަރުތަކުގައި މި މުބާރާތް ބާއްވަމުން ދިޔައީ ހަމައެކަނި ތޮއްޑޫގެ ޓީމުތަކަށް ހުޅުވާލައިގެންކަމަށާއި ނަމަވެސް މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ޝިފާޒު ޢަލީ ވިދާޅުވިއެވެ.

މުބާރާތުގެ އިންތިޒާމްތަކުގެ ޚަރަދުތައް ކުރަނީ ބްރައިޓް ކްލަބްގެ ބަޖެޓުގެ އިތުރުން އެ ކްލަބުން ހިންގާ ދެ ވިޔަފާރިއެއް ކަމަށްވާ ބްރައިޓް ސްޓޯއާއި ބްރައިޓް ކޭބަލް ނެޓަށް ލިބޭ އާމްދަނީއިން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ އިތުރުން ބައެއް އެހެނިހެން ވިޔަފާރިތަކުން ވެސް ސްޕޮންސާގެ ގޮތުގައި މުބާރާތަށް ފަންޑްކުރާކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އުރީދޫއާއި، ލިލީ ސްޓޯއާއި، ޔޫރޯ މާޓާއި، ގޮވެލިއާއި، ބްރަދާހުޑާއި، ކޮކާކޯލާއެެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 45،000 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށާއި ރަނައަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ މި އަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލުމުން މިހާރު އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ޚާއްޞަ އަރި އަތޮޅުގެ ރަށްތަކުގެ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް ގުޅަމުން އަންނަ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށެވެ. މުބާރާތް ފަށާނީ ފިތުރު ދުވަހުގެ ހަވީރުގައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދީފައިވާއިރު، އެ ފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވައި މެކްސް އެފްސީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް