ވެެލެންސިއާ ބަލިކޮށް ނިއު ލީގުގެ އެއްވަނައަށް

ވެެލެންސިއާ ބަލިކޮށް ނިއު ލީގުގެ އެއްވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތުއެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެެންސިއާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މި މެޗާއެކު މާލޭ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ވަނީ ނިމިފައެވެ. ލީގުގެ އެއްވަނައިގައި ނިއު އޮތީ 16 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އޮތީ 13 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް 13 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. 12 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ފަސްވަނައިގައި އީގަލްސް އޮތީ 11 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 8 ޕޮއިންޓާއެކުގައެވެ. 6 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ ހަތްވަނައިގައި އޮތްއިރު އެންމެ ފުލުގައި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓެއް ލިބިގެންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ކުރީކޮޅު ނިއުއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 5 ވަނަ މިނެޓުގައި ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) ނަަގައިދިން ހުރަހެއްގައި ރިހާމް ޢަބްދުލްޣަނީ (ބޮބީ) އެވެ. އެއަށް ފަހުގައި ވެސް ނިއުއިން ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ނުރައްކާކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ނިއުއިން މެޗުގެ ލީޑު ފުޅާކުރިއެވެ. ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އެވެ.

މާލޭ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމިފައިވާއިރު، ދެވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ އާދީއްތަ ދުވަހުގައެވެ. އެ ދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީއާއި އީގަލްސްއެވެ. އެ ދުވަހުގެ ރޭ ބައްދަލުކުރާނީ މާޒިޔާއާއި ވެލެންސިއާއެވެ.

ދިވެހި ފުޓުބޯޅަ ސީޒަންގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ދެން ލިބިފައިވަނީ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރު ޓީމަށެވެ. އެހެންވުމާއެކު ދިވެހި ޕްރެމިއާ ލީގުގައި މި އަހަރު ދިހަ ޓީމެއް ވާދަކުރާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް