އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނަކު ހެދި ދޮގަކަށް މީހަކު 26 އަހަރު ޖަލުގަ ބަހައްޓަން ޖެހުމުން އެމެރިކާގެ ޝަރުޢީ ނިޒާމް ބޮޑު ހާސްކަމެއްގެ ތެރެއަށް!

އަންހެނަކު ހެދި ދޮގަކަށް މީހަކު 26 އަހަރު ޖަލުގަ ބަހައްޓަން ޖެހުމުން އެމެރިކާގެ ޝަރުޢީ ނިޒާމް ބޮޑު ހާސްކަމެއްގެ ތެރެއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އަންހެނަކު ހެދި ދޮގަކަށް މީހަކު 26 އަހަރު ޖަލުގަ ބަހައްޓަން ޖެހުމުން އެމެރިކާގެ ޝަރުޢީ ނިޒާމް ބޮޑު ހާސްކަމެއްގެ ތެރެއަށް ހިނގައްޖެއެވެ.

މައްސަލަ ފެށުނީ އަންހެނަކު ރޮމުން ގޮސް ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭނާ ބުނީ މިވެނި 3 ޒުވާނަކު އޭނާ އަށް ބިރުދައްކައިގެން ގެންގޮސް އޭނާ އާއިއެކު ޖިންސީ ގުޅުން ހިންގައިފި ކަމަށެވެ.

ފުލުހުން ވަނީ މަހެއްހައި ދުވަސްތެރޭ އެތަނުން 2 ޒުވާނުން ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެކަކު ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކޮށްފައެވެ. ދެވަނަ މީހާ ޖަލު ބަންދުގައި ހުންނަތާ 26 އަހަރު ފަހުން މިދިއަ މަހު އަންހެން މީހާ ބުނީ އެއީ ހިނގި ކަމެއް ނޫން ކަމަށާއި އޭނާ ހެދީ ދޮގެއް ކަމަށެވެ.

ކޯޓުން ޙުކުމް ކުރީ ދިފާޢީ ވަކީލުން، ތަޙްޤީޤް ފުރިހަމަ ނޫން ކަމަށް ބުނެ އެކަމުގެ ހެކި ދައްކަމުން ދަނިކޮށެވެ. މެންހެޓަންގެ ފަނޑިޔާރުންނާއި ވަކީލުން މިހާރު ތިބީ ބޮޑު ލަދުވެތިކަމެއްގެ ތެރޭގައެވެ. އަންހެން މީހާގެ އިއުތިރާފާއިއެކު މިހާރު ދަނީ ޙުކުމް ބާޠިލުކުރަން ސްޕްރީމް ކޯޓުގައި މަސައްކަތްކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް