އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން އެންމެ ބޭނުންވަނީ ހުރިހާ ކަމެއްގައިވެސް އިތުބާރާ އިންސާފު- މިއަދަކު ނުލިބޭ: ޑރ. ޖަމީލް

ރައްޔިތުން އެންމެ ބޭނުންވަނީ ހުރިހާ ކަމެއްގައިވެސް އިތުބާރާ އިންސާފު- މިއަދަކު ނުލިބޭ: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ހުރިހާ ޤައުމެއްގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުގެ ރައްކާތެރިކަން ކަމަށާއި ދިވެހިރައްޔިތުން ވެސް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ހުރިހާ ކަމެއްގައިވެސް އިތުބާރާއި އަދުލުވެރިކަމާއިއެކު އިންސާފު ލިބުންކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިރޭ ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ ޤާނޫނު އަސާސީގެ ރައްކައުތެރިކަމާއި ކޮންމެ ރައްޔިތަކަށްވެސް އިންސާފު ލިބޭނެ ކަމުގެ ޔަޤީންކަން ކަމަށެވެ. "ކޮންމެ ރައްޔިތަކާމެދުވެސް އެއް ހަމައަކާއެކު ކަންކަން ކުރެވޭނެ ކަމުގެ ޔަޤީންކަން."

ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން މިކަންކަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް މިއަދު މިކަންކަން ވަނީ ރާއްޖެއިން ނެތިގެން ގޮސްފައި ކަމަށެވެ. މިއަދު ރާއްޖޭގެ ރައްޔިތުންގެ ބާރުވެރިކަން ނިމިއްޖެ ކަމަށާއި އެއްވެސް މުއައްސަސާއަކުން ހަމަހަކަމާއިއެކު އެއްވެސް ކަމެއް ނިންމޭނެ ކަމުގެ ޔަޤީންކަން މުޅިން ގެއްލިގެން ހިނގައްޖެ ކަމަށެވެ.

"ރާއްޖޭގެ ޤާނޫނު އަސާސީ މިއަދު ވަނީ ކަފުންވެފަ. ރާއްޖޭގަ މިއަދު އޮތީ ޤާނޫނު ރައްޔިތުން ފަހަނައަޅައި ގޮސްފަ. މިކަންކަން އަނބުރައި ގެންނަން އެބަޖެހޭ. ރައްޔިތުންގެ މެދުގައި އިންސާފު ޤާއިމުކޮށް ހަމަހަމަކަމާއިއެކު ޙައްޤުތައް ހޯދައިދޭން އަޅުގަނޑުމެން މިވަނީ މަސައްކަތް ފަށާފައި." ކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ މި މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވެ ޖުމްހޫރީ ޕާޓީ އާއި ގުޅިގެން މަސައްކަތް ފެށުމަށް ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

ޑރ. ޖަމީލް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޖޭޕީ އިން މިރޭ ފެށި "ހޭވައްލާ" ކެންޕޭނު އިފްތިތާޙްކުރި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޅުންހުރި އަޑު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް