އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރާގުން ހިއްސާއަކަށް 11.81 ރުފިޔާ ބަހަން ނިންމައިފި

ދިރާގުން ހިއްސާއަކަށް 11.81 ރުފިޔާ ބަހަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 11.81 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެ ކުންފުނީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 11.81 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ، އެ ޖަލްސާއަށް ހާޒިރުވެތިބި ހިއްސާދާރުންގެ 92 އިންސައްތަ ވޯޓުންނެވެ.މިރޭ ބޭއްވި އެ ޖަލްސާގައި ބައިވެރިވެފައިވަނީ 116 ހިއްސާދާރުން ތަމްސީލުކޮށްދޭ 53 މީހެެކެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދެނީ އެ ކުންފުނީގެ ޖުމުލަ 76 މިލިއަން ހިއްސާގެ ތެރެއިން 71 މިލިއަން ހިއްސާއެވެ.

މިރޭ ބޭއްވި ޖަލްސާގައި ދިރާގުގެ ބޯޑަށް ޕަބްލިކް ޑިރެކްޓަރެއްގެ ގޮތުގައި އިމްރާން ޢަލީ ވަނީ ހާޒިރުވެތިބި ހިއްސާދާރުންގެ ވޯޓުން އިންތިޚާބުކޮށްފައެވެ. އޭނާ މިހާރު ހުންނެވީ ދިރާގުގެ ބޯޑުގައި ނަން އެގްޒެކެޓިވް އިންޑެޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ.މި އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް، މިދިޔަ އަހަރު ވެސް އެ މަސައްކަތްކުރި ކޭޕީއެމްޖީ ހަމަޖައްސަން ވަނީ މިރޭގެ ޖަސްލާގައި ފާސްކޮށްފައެވެ.ރާއްޖޭގައި މުވާސަލަތީ ޚިދުމަތް ފޯރުކޮށްދެމުންދާ ދިރާގަށް މިދިޔަ އަހަރު އާމްދަނީއެއްގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށްފަހު ދިރާގަށް ލިބިފައިވަނީ 898 މިލިއަން ރުފިޔާގެ ފައިދާއެކެވެ. އެއީ 2016 ވަނަ އަހަރު ލިބިފައިވާ 840 މިލިއަން ރުފިޔާއަށްވުރެ 6.9 އިންސައްތަގެ ކުރިއެރުމެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް