އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނީލްވިލާ" ކިޔާ ބޯޓެއް މުލަކު ފަރަށް އަރައިފި

ނީލްވިލާ" ކިޔާ ބޯޓެއް މުލަކު ފަރަށް އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު


މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރި "ނީލްވިލާ" ކިޔާ ބޯޓެއް މ. މުލަކު ފަރަށް އަރައިފިއެވެ.

މިހާދިސާއާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:00 ހާއިރު ކަމަށެވެ.

މިބޯޓުގައި ހުރި މުދާތައް ސަލާމަތް ކޮށްދިނުމުގައި ފުލުހުން އެހީތެރިކަން ފޯރު ކޮށްދެއްވި ކަމަށާއި އެގޮތުން ބޯޓުން އޮޔާދިޔަ މުދާތައް ސަލާމަތްކޮށް ހުރިހާ މުދަލެއްވެސް ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް "ނީލްވިލާ" ބޯޓުގެ ވެރި ފަރާތާއި އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.
މިބޯޓުގައި އަށް މީހުން ތިބިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ބޯޓެއް މުލަކު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 19:50 ގައެވެ.
މިހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ.
މިހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ