އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބޮޑެތި އިނާމުތަކަކާއެކު ދިރާގު ރޯދަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމުތަކަކާއެކު ދިރާގު ރޯދަ ޕްރޮމޯޝަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތުބޮޑެތި އިނާމު ތަކަކާއެކު ދިރާގުން މިފަހަރުވެސް ރޯދަ މަހުގެ ޕްރޮމޯޝަންތައް ފަށައިފިއެވެ.

ދިރާގުން އިއްޔެ އިއުލާނުކުރި މިޕްރޮމޯޝަންތަކުގައި ބޮޑެތި އިނާމު ތަކަކާއިއެކު ހިލޭ ލިބޭނެ ތަފާތު ގިނަ ޚިދުމަތްތަކެއް ވެސް ހިމެނެއެވެ.
ކަސްޓަމަރުންނަށް ޑިޖިޓަލް އެތައް ހަދިޔާއެއް މިރޯދަމަހު ދިރާގުގެ ފަރާތުން ފޯރުކޮށްދޭއިރު އަށް މީހަކަށް ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަސް މަގިފަހިވާނެ ގޮތަށް ހިލޭ ޚިދުމަތްތަކެއް ވެސް ވަނީ ތަޢާރަފް ކުރެވިފައެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް ހުރިހާ ޚަރަދަކާއިއެކު ދެ މީހަކަށް ޢުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން ރަމަޟާން މަހަށް ޚާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދެ ޑޭޓާ ޕެކޭޖެއްވަނީ ތަޢާރަފް ކޮށްފައެވެ. އެޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ 120 ރުފިޔާއަށް 1.5 ޖީބީ ޕެކާއި 250 ރުފިޔާއަށް 4 ޖީބީ ލިބޭ ޕެކެކެވެ. ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުން ގިނަ ކުރަންވީ މައްސަރު ކަމަށްވެސްވުމާއިއެކު ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ޚަރަދުގެ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.


މިއަހަރުގެ ރޯދަމަހަށް ޚާއްސަކޮށް ދިރާގުންވަނީ އިންސްޓަގްރާމް ކޮންޓެސްޓަކާއި ޓްވިޓާ ކޮންޓެސްޓެއް ވެސް ތަޢާރަފް ކޮށްފައެވެ. މިޕްރޮމޯޝަންގައި އިންސްޓަގްރާމްގައި #RoadhaMoments މިހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދައިގެ އެކިއެކި މަންޒަރިތައް ހިއްސާކޮށްލުމުން ކޮންމެ ހަފްތާއަކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ގޯޕްރޯ ހީރޯ 6 އެއް ލިބޭނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ހަމައެއާއިއެކު ދިރާގުން ތަޢާރަފް ކޮސްފައިވާ ޓްވިޓާ ކޮންޓެސްޓުނައި ދިރާގުން ކޮންމެ ރެއަކު 22:00 ޖަހާއިރު ޓްވިޓާގައި މްކްރޯ ފޮޓޯއެއް ޕޯސްޓު ކުރާނެއެވެ. އެފޮޓޯ ޕޯސްޓް ކުރުމަށްފަހު22:00 އާއި 00:00 ދެމެދުގެ ވަގުތުގެ ތެރޭގައި ޓްވިޓާ ކޮމިއުނިޓީއަސް އެއީ ކޮންއެއްޗެއްކަން #Meekoachehމިހޭޝްޓެގް ޖެހުމަށްފަހު ބުނުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މިކޮންޓެސްޓުގައި ވެސް ކޮންމެ ހަފްތާއަކު އެންމެ ރަނގަޅު ޖަވާބު ޓްވީޓް ކުރައްވާ ފަރާތަކަސް ފަސް ބޭފުޅުންގެ ރޯދަ ވީއްލުމެއް ކޮންމެ ހަފްތާއަކު ސީހައުސް ރެސްޓޯރަންޓުގައި ހަދިޔާ ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ދިރާގުން ވަނީ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ޕްރީޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދީފައިވެއެވެ. މިޚިދުމަތް ހޯދުމަށް ގުޅަން ޖެހެނީ #8*123* އަށެވެ. އަދި މީގެއިތުރުން ނަމާދު ވަގުތު ހަނދާންކޮށްދޭ ހިލޭ ޚިދުމަތް މިއަހަރުވެސް ދިރާގުން ކުރިއަށް ގެންދެއެވެ. މިޚިދުމަތް ލިބޭނީ #8*123* އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ