މިއަދުގެ ރެސިޕީ: ސްޕައިސީ ޕެޕަރ ޗިކަން

މިއަދުގެ ރެސިޕީ: ސްޕައިސީ ޕެޕަރ ޗިކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިއީ ކުޅިކޮށް ކޭން ބައްލަވާ ބޭފުޅުންނަށް ޚާއްސަ ކެއުމެކެވެ.

ބޭނުންވާނެ ތަކެތި:
• 1 ސައިސަމުސާ ހަކުރު
• ½ 1 ސައިސަމުސާ ތެޅި މިރުސް
• 2 ސައިސަމުސާ ވިނެގާރ
• 3 ސައިސަމުސާ ސޯޔާ ސޯސް
• ½ 1 ސައިސަމުސާ ރެޑް ޕެޕަރ އޮއިލް (ނުލިބިއްޖެނަމަ އާދައިގެ ތެޔޮވެސް ބޭނުން ކުރެވިދާނެ)
• 5 ސައިސަމުސާ ފެން
• 2 ސައިސަމުސާ އޮއިސްޓަރ ސޯސް
• ކޮށާފައިހުރި 2 ރެޑް ޕެޕަރ (ރަތް ކުލައިގެ ތޮޅި މިރުސް)
• ކޮށާފައިހުރި 2 ގްރީން ޕެޕަރ (ފެހި ކުލައިގެ ތެޅި މިރުސް) – ކޮށާލާފައި
• ކޮށާފައިހުރި 2 ގިތެޔޮ މިރުސް
• ކޮށާލާފައި ހުރި ބޯންލެސް ޗިކަން (ކަށިނެތް ކުކުޅު)
• ލޮނު
• އަސޭމިރުސް
• ޒުވާރި ފުށް
• ސެސަމީ ސީޑްސް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

• އެންމެ ފުރަތަމަ (ސޯސްގަނޑު ތައްޔާރު ކުރުމަށް) ހަކުރު، ތެޅި މިރުސް، ވިނެގާރ، ސޯޔާ ސޯސް، ތެޔޮ، ފެން، އޮއިސްޓަރ ސޯސް، ކޮށާލާފަައި ހުރި ރެޑް ޕެޕަރ އާއި ގްރީން ޕެޕަރ އަދި ގިތެޔޮ މިރުސް ތައްޓަކަށް އަޅާ އެއްކޮށްލާށެވެ.
• ދެން އެހެން ތައްޓެއްގައި ނުވަތަ ޓްރޭ އެއްގައި، ކޮށާލާފައި ހުރި ކުކުޅުކޮޅު އަތުރާލުމަށްފަހު އޭގެ މައްޗަށް ލޮނާއި، އަސޭމިރުސް އަދި ޒުވާރި ފުށް އަޅާލާށެވެ. ކުކުޅުކޮޅުގެ ދެ ފުށުގައިވެސް މިތަކެތި ހާކަންވާނެއެވެ.
• އެއަށްފަހު ކުޑަ ތެޔޮކޮޅެއް ތަވާޔަކަށް އެޅުމަށްފަހު، ކުކުޅުކޮޅު ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ.
• ރަނގަޅަށް ކުކުޅުކޮޅު ރޯފިލުމުން އޭގެމައްޗަށް ކުރިން ތައްޔާރުކުރި ސޯސްގަނޑު އަޅާލާށެވެ.
• ރަނގަޅަށް ސޯސްގަނޑުވެސް ތައްޔާރުވުމުން ތަވާމަތިން ނަގާށެވެ. ބޭނުންނަމަ ތައްޔާކުރި ސްޕައިސީ ޕެޕަރ ޗިކަން ގެ މައްޗަށް ސެސަމީ ސީޑްކޮޅެއް ވެސް އެޅިދާނެއެވެ.

ސްޕައިސީ ޕެޕަރ ޗިކަން އަކީ ރޮށި ނުވަތަ ބަތާއިއެކު ކޭންބެއްލެވޭނެ، މީރު ސައިޑް ޑިޝް އެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ