ރަމަޟާން ކްރިކެޓް ކާނިވަލް މިއަދު ފަށަނީ

ރަމަޟާން ކްރިކެޓް ކާނިވަލް މިއަދު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހުގައި މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމަޟާން ކްރިކެޓް ކާނިވަލް" ގެ މި އަހަރުގެ މުބާރާތްތައް މިއަދު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު ހަވީރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކާނިވަލް ފަށާއިރު، ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މި ކާނިވަލްގައި ތިން މުބާރާތެއް ކުޅޭނެއެވެ. އެ ގޮތުން، މި އަހަރު އެންމެ ފުރަތަމަ ކުޅޭ ގޮތަށް ތާވަލުކޮށްފައިވަނީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުންނެވެ. މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޯޕަލް ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވެއެވެ. އެ ޓީމުތަކަކީ، ޕޮލިސް ކްލަބް، އެމްއެންޑީއެފް، ސުގަރ ކޯން، މެރީ ގްލޯ، އެވިއާ މޯލްޑިވްސް، ކޭޑީއެމް، ޔެލޯ ސަބްމެރިން، މޮޑަސް އޮޕެރެންޑީ، ލެސަރ ކާރގޯ، ޓޮލްކިޓީ، ރިވާސް ބާބާ، އަދި އައިބީއެސްއެވެ.

އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތަށް ފަހު ދެން ކުޅޭނީ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ. މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 8 ޓީމެއް ބައިވެރިވެފައިވާއިރު، އެ ޓީމުތަކަކީ ޔޫތް މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް، ކަސްޓަމްސް، އެމްއެމްއޭ، މިރާ، އިމިގްރޭޝަން، އަދި އޮފިޝަލް ރެސިޑެންޓް އޮފް ދި ޕްރެޒިޑެންޓްއެވެ.

ކްރިކެޓް ކާނިވަލްގައި ކުޅޭ އެންމެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ. އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ފަށާ މި މުބާރާތަކީ މިރާގެ ޓްރޭޑްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ފިހާރަތަކަށް އަމާޒުކޮށް ހިންގާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި 11 ޓީމެއް ބައިވެރިވެފައިވެއެވެ. އެ ޓީމުތަކަކީ، ދިރުހަމް، ޖޮލީބޯއީސް، އެމްއޭސީއެލް، ލިލީ ސިޕިންގ، ސޮނީ ހާޑްވެއާ، ޓީއެމްއޭ، އިލާ މޯލްޑިވްސް، ޒިވާ ޓްރެވެލް މޯލްޑިވްސް، ރޯޔަލް ބްލޫ ފިސިންގ، ޓީޓީއެސް ގްރޫޕް، އަދި އަހިންސާއެވެ.

މި ތިން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް