މިއަދުގެ ރެސިޕީ: ރެޑް ވެލްވެޓް ކޭކް

މިއަދުގެ ރެސިޕީ: ރެޑް ވެލްވެޓް ކޭކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ބޭނުންވާނެ ތަކެތި:

ކޭކު ހެދުމަށް

• 3 ޖޯޑު ފުށް
• 3 ޖޯޑު ހަކުރު
• ½ ޖޯޑު ކޮކޯ ޕައުޑަރ
• ½ ޖޯޑު ޒުވާރި ފުށް
• 1 މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
• ½ 1 ސައިސަމުސާ ބޭކިންގ ޕައުޑަރ
• ½ 1 ސައިސަމުސާ ލޮނު
• ¼ 1 ޖޯޑު ފެން
• ½ 1 ޖޯޑު ކިރު
• 4 ކުކުޅުބިސް
• ½ ޖޯޑު ތެޔޮ (ވެޖިޓަބަލް އޮއިލް)
• 2 ސައިސަމުސާ ރަތް ކުލައިގެ ކާކުލަ
• 1 ސައިސަމުސާ ވެނިލާ އެކްސްޓްރެކްޓް
• 1 ސައިސަމުސާ ވިނެގާ (ރާހުތް)
• ތެޔޮ ނުވަތަ ބަޓަރ

ފްރޯސްޓިންގ ހެދުމަށް

• 16 އައުންސް ކްރީމް ޗީޒް
• 1 ޖޯޑު ބަޓަރ
• 1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
• 4 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް:

• އަވަން 350 ޑިގްރީސް ގައި ހޫނު ކުރަން އެންމެ ފުރަތަމަ ޖައްސާށެވެ.
• އޭގެފަހުން ބޯތައްޓަކަށް ފުށް، ހަކުރު، ކޮކޯ ޕައުޑާރ، ޒުވާރި ފުށް، ބޭކިންގ ސޮޑާ، ބޭކިންގ ޕައުޑާ އަދި ލޮނު، އަޅާފައި ގިރާލާށެވެ.
• ރަނގަޅަށް ގިރުމުން އޭގެ ތެރެއަށް ފެން، ކިރު، ކުކުޅުބިސް (ތުއްވާފައި)، ތެޔޮ، ރަތް ކުލައިގެ ކާކުލަ، ވެނީލާ އެކްސްޓްރެކްޓް އަދި ވިނެގާ (ރާހުތް) އެޅުމަށްފަހު އަނެއްކާވެސް އެއްކޮށް އޮލަވަންދެން ގިރާލާށެވެ.
• ދެން ކޭކު އެޅުމަށް ބޭނުންކުރާ ޓްރޭގައި ތެޔޮ ފޮދެއް ނުވަތަ ބަޓަރ ހޭކުމަށްފަހު ކުރިން ގިރާލި ކޭކް މިކްސް ޓްރޭއަށް އަޅާލާށެވެ.
• އެއަށްފަހު އަވަނަށް ކޭކް ޓްރޭލުމަށްފަހު 30 ނުވަތަ 35 މިނެޓު ވަންދެން ފިހެލާާށެވެ.

• ކޭކު ފިހެވެމުންދާއިރު ފްރޯސްޓިންގ ހެދުމަށްޓަކައި އެހެން ބޯތައްޓެއްގައި ފްރޯސްޓިންގ ހެދުމަށް ކްރީމް ޗީޒް އަދި ބަޓަރ އެއްކޮށް ގިރާލާށެވެ.
• އެއްކުރި ކްރީމް ޗީޒް އަދި ބަޓަރ ގެ ތެރެއަށް ވެނީލާ އެކްސްޓްރެކްޓް އެޅުމަށްފަހު އަނެއްކާވެސް ގިރާލާށެވެ.
• ދެން އޭގެތެރެއަށް ހަކުރުކޮޅު އަޅާލާށެވެ. ނަމަވެސް ހަކުރު އަޅަންވާނީ ފަހަރަކު އެތިކޮޅަކުން، އެއްކުރަމުންނެވެ. މިތަކެތި އެއްކޮށް ގިރާލެވުމުން ފްރޯސްޓިންގ ތައްޔާރުވީއެވެ.

• ކޭކު ފިހެވި، އެއްކޮށް ހިހޫވުމުން ނޫނީ ކޭކު މަތީގައި ފްރޯސްޓިންގ ނުހާކައްޗެވެ. އެހެންނޫނީ ފްރޯސްޓިންގ ގަނޑު ދިޔާވެ، ކޭކުގައި ރަނގަޅަށް ނުހޭކޭނެއެވެ.
• ލޭޔަރކޮށް (އެކި ބައިބަޔަށް) ކޭކު ހަދަން ބޭނުންވާނަމަ، ރީތިކޮށް އެއްވަރަށް ކޭކު ދެފަޅިއަށް ނުވަތަ ތިންފަޅިއަށް ކަފާލުމަށްފަހު އެންމެ ދަށުގައި އިންނަ ބައިގެ މަތީގައި ފްރޯސްޓިންގ ހޭކުމަށްފަހު އޭގެ މައްޗަށް ކޭކުގެ އަނެއް ބައި ލާށެވެ. އަދި އޭގެ މަތީގައިވެސް ފްރޯސްޓިންގ ހާކާށެވެ.
• ރެޑް ވެލްވެޓް ކޭކު ތައްޔާރުކޮށް ފްރިޖަށް ލުމުން، ފަސް ދުވަސް ވަންދެން ނުބައިނުވެ ހުންނާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ