ހުޅުމާލޭގައި އަޅާ ފުޓުބޯޅަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭގައި އަޅާ ފުޓުބޯޅަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ހުޅުމާލޭގައި އަޅަން ދިވެހި ސަރުކާރުން ނިންމާފައިވާ ފުޓުބޯޅަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެގުމުގެ މަތީން ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް އެފްއޭއެމްއަށް އައިސް މައުލޫމާތު ސާފުކުރުމަށްފަހު އަންނަ މަހުގެ 5 ވަނަ ދުވަހު އެކަމަށް އެދި ބިޑް ހުށަހެޅުމަށް އެފްއޭއެމްއިން އިއުލާންގައި އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައިނަލް އަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ޓްރެއިނިން ސްކޫލެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން އެފްއޭއެމްއާ ގުޅިގެން ކުރާ ގޮތަށެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ޓްރެއިން ސްކޫލް ހިންގާނީ އެ ތަނުގައި ކުދިން ބައިތިއްބައިގައި ފުޓުބޯޅަ ތަމްރީނުގެ އިތުރުން ތައުލީމީ ކަންތައްތައް ވެސް އެއް ފަހަރާ ކުރިއަށް ގެންދެވޭނެ ގޮތަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް