އަބަދުވެސް ހެވިފައި ހުންނަ އުމުރުން 90 އަހަރުގެ ހީވާގި ފާތުނާ

އަބަދުވެސް ހެވިފައި ހުންނަ އުމުރުން 90 އަހަރުގެ ހީވާގި ފާތުނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

އުމުރުން ދުވަސްވެފައި ތިބޭ މީހުންނަކީ ބަލިކަށި، އަދި ރުންކުރު ބައެއް ކަމުގައި ގިނަ މީހުންނަށް ހީވެފައިވެއެވެ.

ނަމަވެސް މޮރޮކޯގެ ފާތުނާ ފެނުމުން އެމީހުންގެ އެޚިޔާލު ބަދަލުވާނެކަން ޔަޤީނެއެވެ.

އުމުރުން މިހާރު 90 އަހަރު ފުރިފައިވާ ފާތުނާ އަބަދުވެސް ފެންނަނީ ވަރަށް ވެސް އުފާވެރި މިޒާޖެއްގައި ހުންނަ ތަނެވެ. އަދި އޭނާއަކީ އެއުމުރުގައި ވެސް ބުރަކޮސް މަސައްކަތްކޮށް ގޭތެރޭގެ ކަންކަން އަމިއްލައަށް ބަލަހައްޓާ ހިތްވަރުގަދަ "މާމަ" އެއް ކަމުގައި ރިޕޯޓުތަކުން ވެސް ބުނެފައިވެއެވެ.

ފިރިމީހާގެ ކަންކަން އަދިވެސް ބަރާބަރަށް ބެލެހެއްޓުމާއި، ދަނޑުވެރިކަން ކުރުން އަދި ވަޅުން ފެން ނެގުމަކީ ފާތުނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ވަރުބަލިކަމެއް އިޙުސާސްވީ ނަމަވެސް އެކަމެއް އޭނާގެ މޫނުމަތިން ފެންނާކަށް ނުހުރެއެވެ.

މީގެ 70 ވަރަކަށް އަހަރު ކުރިން ކައިވެނި ކުރި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ފާތުނާއަކީ އެހާމެ ގެވެހި، މުރާލި އަދި އުފާވެރި މިޒާޖެއްގައި އަބަދުމެ ހުންނަ ހެޔޮލަފާ އަނތްބެއް ކަމުގައި އޭނާގެ ފިރިމީހާވެސް ބުނެފައިވެއެވެ.

އުފާވެރި މިޒާޖެއްގެ އިތުރުން، ފާތުނާ އަބަދުވެސް ފެންނަނީ ވަރަށް ސާފުތާހިރުކޮށް ހުންނަތަނެވެ.

"އަހަރެން އަބަދުވެސް ރީތިކޮށް ހެދުން އަޅާ ހިތްވޭ. އަދި މަސައްކަތް ވެސް ކުރާހިތްވޭ. ކަންކަމާއި މެދު ފިކުރު ބޮޑުވުމާ މީހުން ދެކެ ނަފްރަތު ކުރުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން. އަދި އެހެން މީހަކު ފަދައިން އުޅެން އުޅުމަކީ ވެސް އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން." އުފާވެރިކޮށް އަބަދުމެ ހުންނަ ސިއްރު ހާމަ ކުރަމުން ފާތުނާ ކިޔާދީފައިވެއެވެ.

ފާތުނާ އާއި އޭނާގެ ފިރިމީހާގެ އަށް ދަރިން ތިބެއެވެ. އެހުރިހާ ދަރިން ވެސް ދިރިއުޅެނީ އެކިއެކި ސިޓީތަކުގައެވެ.

"ދަރިން ލިބުމަށްފަހު އަހަރެން މަސައްކަތް ކުރަން (ދަނޑުވެރިކަން ކުރަން) ފެށިން. އެންމެ ދުވަހެއް ވެސް މަސައްކަތެއް ނުކޮށް އަރާމު ކުރަން ހޭދައެއް ނުކުރަން. އަހަރެން އެގޮތަށް އޮވެއްޖެނަމަ ކާކު އަހަރެން ގެންގުޅޭ ގެރިން ކިރުފެލާ، އެއަށް ކާން ވެސް ދޭނީ. އެކަކު ވެސް އަހަންނަށް އެކަމެއް ނުކޮށްދޭނެ." ފާތުނާ ބުުންޏެވެ.

ދަނޑުގައި މަސައްކަތް ކުރުމަށްފަހު، ގޭތެރޭގެ މަސައްކަތްތައް ކުރެއެވެ.

ފާތުނާ ބުނިގޮތުގައި އުމުރުން 90 އަހަރުގައި ވެސް އޭނާގެ ހަށިގަނޑުގައި އެވަރުގެ ބުންވަރެއް ހުރުމަކީ، ހެއްދެވި ފަރާތް އޭނާއަށް ދެއްވެވި ނިޢުމަތެއްގެ ސަބަބުން ލިބިފައިވާ އެއްޗެކެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ