ދަރިފުޅަށް ގާތުން ދޭތީކަމަށް ބުނެ ރޯދަ ނުހިފި އުޝާގެ 2 އުރަމަތި ނަގައިފި- ދެން ރޯދަ ނުހިފާ ހުންނާކަށް ނުޖެހޭނެ!

ދަރިފުޅަށް ގާތުން ދޭތީކަމަށް ބުނެ ރޯދަ ނުހިފި އުޝާގެ 2 އުރަމަތި ނަގައިފި- ދެން ރޯދަ ނުހިފާ ހުންނާކަށް ނުޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އުޝާ އަކީ އިންޑިއާގެ ހައިދަރު އާބާދަށް ނިޞްބަތްވާ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އުމުރުން 29 އަހަރުވީއިރު ކައިވެންޏަށް 7 އަހަރެވެ. 7 އަހަރުގެތެރޭގައި މާތް ﷲ ވަނީ 2 ދަރިން މިންވަރު ކުރައްވަވައިފައެވެ.

ކޮންމެ ކުއްޖަކަށް ވެސް 2 އަހަރު ވަންދެން ގާތުން ދިނެވެ. އެހެންކަމުން ކައިވެނީގެ 7 އަހަރު ތެރެއިން 4 އަހަރު އޫޝާ ވަނީ ގާތުންދީފައެވެ. މިއިން އެއްވެސް އަހަރަކު އުޝާ ރޯދައެއް ނުހިފައެވެ. އުޒުރަކަށް ދައްކަނީ ގާތުން ދެމުން ރޯދަހިފުމުން ވަރުބަލިވުމެވެ.

ދެވަނަ ދަރިފުޅަށް ގާތުން ދިނުން ހުއްޓައިލިތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް އުޝާގެ އުރަމަތީގައި ގަނޑުލާހެން ހީވާން ފެށިއެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. ޑޮކްޓަރަށް ދެއްކުމުންވެސް ބުނީ އެވާނީ ގާތުން ދިނުން ހުއްޓައިލުމާއި ގުޅުންހުރި ކަމަކަށް ކަމަށެވެ. ނަމަވެސް ފަރުވާ ބަހައްޓައިގެން ބަލަމުން ގެންދިއުން ރަނގަޅުވާނެ ކަމަށެވެ.

ގަނޑުތައް އައީ ބޮޑެތިވަމުންނެވެ. ރިހުންވެސް އައީ ގަދަވަމުންނެވެ. ކެތް ނުކުރެވޭވަރުވުމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހު އެންގީ އަވަހަށް ކެންސަރު ސްޕެޝަލިސްޓަކަށް ދެއްކުމަށެވެ.

ކެންސަރަށް ޚާއްޞަ 4 ޑޮކްޓަރުންނަށް ދެއްކުމުން ވެސް ބުނީ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ޖެހޭނީ ދެ އުރަމަތިވެސް ނަގަން ކަމަށެވެ. ސަލާމަތްކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މާތް ﷲ ވާގިފުޅާއިއެކު އޮޕަރޭޝަން ކާމިޔާބެވެ. ޑޮކްޓަރުން ދޫކޮށްލުމުން ގެއަށް އައިސް އުޅެންފެށިފަހުން ފުރަތަމަ ހުކުރު ދުވަހު އުޝާގެ ބޮޑު ބޭބެ އުޝާ ދެކެލަން ދިއައެވެ.

ޙާލު އަހުވާލު އަހައި އޮޅުންފިލުވުމަށްފަހު ބުންޏެވެ. "ދަރިފުޅާ އުޝާއެވެ! ދެން ހަމަގައިމުވެސް ގާތުން ދޭންވެގެން ރޯދަ ނުހިފައި ހުންނާކަށް ދަރިފުޅަކަށް ނުޖެހޭނެއެވެ.

ދަރިފުޅުމެން ހީކުރަނީ ހަމަ ބަހަނާއެއް ދައްލާފައި ކުރަން ބޭނުން ކޮންމެ ކަމެއް ކޮށްލުމުން ނިމުނީ ކަމަށެވެ. ހިތުގެ އެންމެ ހިމަ ނާރުގައި ޖަހާ ވިންދުވެސް ދެކެ ދެނެވޮޑިގެންވާ މަތިވެރި އިލާހު 7 އުޑުގެ މަތިން ކަންކަން ބައްލަވައިވޮޑިގެންވާކަމެއް ޤަބޫލެއް ނުކުރެވެއެވެ.

ދަރިފުޅުގެ އޮޕަރޭޝަނަށް ހުރިހާ ޚަރަދެއް ކޮށްދީފައިވެސް ޙާލުބަލަން ހޮސްޕިޓަލަށް ނުދިއައީ ދަރިފުޅަކީﷲ ގެ ކޯފާލެއްވުމެއްގައި އޮތް ދަރިއެއް ކަމަށް ބޮޑުބޭބެއަށް ޤަބޫލުކުރެވޭތީއެވެ.

ދަރިފުޅާއެވެ. މާތް ﷲ ދަރިފުޅާއިމެދު ކިތަންމެހައިވެސް އޯގާތެރިވަންތައެވެ. 2 ގުނަވެނެއް ދޫކޮށްލަން ޖެހުނު ނަމަވެސް ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދެއްވަވައިފިއެވެ. އެންމެ ބޮޑު ނިއުމަތަކީ އެއީ ނޫން ހެއްޔެވެ؟

ތިއަ ދަރިން މިހާރު ތިއަތިބީ މާ ބޮޑެތިވެފައެވެ. މާގިނަ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުވެސް މިދެއްކުނީ ވަރަށް ބައިވަރު ވާހަކަތަކެވެ. ކުރިއަށް އޮތްތަނުގައިވެސް މި ދެއްކި ވާހަކަތަކަށް ވިސްނައިގެން އަމަލުކުރާށެވެ!"

ބޮޑުބޭބެ ދިއުމުން އޫޝާ ވިސްނައިލިއެވެ. ބޮޑުބޭބެ އެދެއްކީ ހަމަ ތެދުވާހަކަތަކެކެވެ. އެ 4 އަހަރުގެ ރޯދަ މަހު ރޯދަ ނުހިފައި ހުރީ ހަމައެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އެކަން ކުރަމުން ދިއައިރު މިހެން ވެދާނެކަން ނުވިސްނުނުކަމާއިމެދު ހާދަ ހިތާމައެއް ކުރަމެވެ. އިރާދަ ކުރެއްވިއްޔާ ދޫކޮށްލެވުނު ކޮންމެ ރޯދައަކަށް 3 ރޯދަ ހިފާނަމަވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްSilma 2018-05-23 22:34:25

gasthuga kirudhey Kirkmannah fahun roadha hifaa gothah hedhey noon tho?


އަބްދުއްލަތީފް