އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއި ޝްރީލަންކާއަށް އެމެރިކާއިން އާ ސަފީރަކު ކަނޑައަޅަނީ

ރާއްޖެއާއި ޝްރީލަންކާއަށް އެމެރިކާއިން އާ ސަފީރަކު ކަނޑައަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

އެމެރިކާއިން ދިވެހި ރާއްޖެއާއި ޝްރީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމަށް އާ ބޭފުޅަކު އައްޔަނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ.

މިހާރު އެމަގާމުގައި ހުންނެވި އަތުލް ކޭޝަޕްގެ ދައުރު މިއަހަރު ހަމަވާއިރު އެމަޤާމަށް އަލަށް އައްޔަނު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވަނީ މިހާރު ނޭޕާލުގެ ސަފީރުކަމުގެ މަޤާމުގައި ހުންނެވި އެލައިނާ ޓެޕްލިޒް އެވެ.

ނޭޕާލުގެ ސަފޫރު ކަމަށް އެލައިނާ އައްޔަނު ކުރައްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.

ރާއްޖެއާއި ގުޅުން ހުރި ދާއިރާތަކުގައި މީގެ ކުރިންވެސް މަސައްކަތް ކުރައްވާފައިވާ އެލައިނާ، އެމެރިކާގެ ފޮރިން ސާވިސްގައި މަސައްކަތް ކުރަމުންގޮސްފައިވަނީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަނާވަނީ ފަހަކަށް އައިސް ފޮރިން ސާވިސްގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

ރާއްޖެއާއި ޝްރީ ލަންކާގެ ސަފީރުކަމަށް އެލައިނާ ހަވާލުވެ ވަޑައިގަންނަވާނީ ކޮން ދުވަހަކު ކަމެއް އަދި އެމެރިކާއިން ހާމަ ކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ