އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުނިބުނި މާލެ ސިޓީ ރައްޔިތުންނަށް ސަލާމަތް ނުވެވުނު ބޮޑު ޢުޤޫބާތް - މާލެ ސިޓީ ބަލިމަޑުކަމުން ފުރި ހޮސްޕިޓަލްތައް ހައުސްފުލް

ކުނިބުނި މާލެ ސިޓީ ރައްޔިތުންނަށް ސަލާމަތް ނުވެވުނު ބޮޑު ޢުޤޫބާތް - މާލެ ސިޓީ ބަލިމަޑުކަމުން ފުރި ހޮސްޕިޓަލްތައް ހައުސްފުލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

މާލެ ސިޓީގެ ގެތަކުގެ ކުނި އުކާލުމާއި މަގުތައް ކުނިން ސަލާމަތް ކުރެވިފައި އޮތުން ވެފައި މިވަނީ އެކަމަކުން ރައްޔިތުންނަށް ސަލާމަތް ނުވެވުނު އެންމެ ބޮޑު އުޤޫބާތަށެވެ. މުޞީބާތަށެވެ. ރަމަޟާން މަސް ފެށިގެން އައީ މާލެސިޓީ ކުނިވެ ފުޅައަޅައި ދުވާވަހުން ނޯށްދަމާލަން ނުކުރޭ ޙާލަތުގައެވެ.

މާލެ ސިޓީ ފުޅައެޅިފަހުން ޤަވާއިދުތަކަށް ބަދަލުގެނެސް މެދުމިނު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް އަދިވެސް ކަސްޓަމަރުން އަތުން ފީއަތުލާ އުޞޫލުން އެޚިދުމަތެއް ނުދެވެއެވެ. ކޮންމެ ދުވަހަކު ޚީދުމަތް ދެވޭ ތަނެއް ނާދެއެވެ. ދުވާ ކުނިވަހުން ސަލާމަތް ވެވޭނެ ގޮތެއް ހަމަ ނުވެއެވެ.

ކިތަންމެ ވަރަކަށް ސަޅި ބައިސާ ކެނޑި ނަމަވެސް ކަންކަން ކުރެވޭނީ ކަންކަން ކުރުމުގެ ޤާބިލުކަން ހުރި މިންވަރަކުންނެވެ. މަސައްކަތުގެ ތަޖުރިބާ ހުރި ބައަކު އިސް ސަފުގައި ތިބެގެންނެވެ. ފިނިކޮޓަރީގައި އިނދެފައި "މަމީ މާލޭގެ ހުރިހާ ގެއަކުން ޤަވާއިދުން ނަގާކަން ކަށަވަރުކުރާ ވެރިޔާއޭ" ބުނުމަކުން އަދި ކުންޏެއް ނުނެގޭނެއެވެ. "ތިއަ ޚަބަރު ޖެހީ މަމީ ވެރިޔާ އާ ނުގުޅައޭ" ބުނެ ކެކިގަންނައިރު އެމީހަކު ދިރިއުޅޭ ގޭގެ ކުނި އުކާނުލީމާ އެޚަބަރު ލިޔަންވެސް މަމީ ވެރިޔާ އާއި ގުޅަންޖެހޭކަމަކަށް ޤަވާއިދެއް ނުބުނެއެވެ.

ވެމްކޯއިން "ދީލަތި" ކަމާއެކު ކޮށްދެއްވިދާނެ އެއް ކަމަކީ މިހާރުވެސް ތިއަ ނަންގަވާ ފީ ހަމަ ނަންގަވަމުން ގެންދަވަންވީއެވެ. ގޭގައި ދިރިއުޅޭ ކޮންމެ މީހަކީވެސް ކުނި އުފައްދާ މީހަކަށްވާތީ ގޭގައި ދިރިއުޅޭ މީހުންގެ އަދަދުން ފީ ނުނެންގެވިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ.

ކޮށްލަ ދެއްވަންވީ ކަމަކީ މިހާރު މިދައްކާ މަހަކު 150 ރުފިޔާ ޖިޒީއެއްގެ ގޮތުގައި ވެމްކޯއަށް ދެއްކުމުން އެގެއެއްގެ ކުނި އިތުރު ފީއެއް ނުނަގައި ބަންގާޅީއެއް ލައްވައި އުކައިލެވޭނެ ގޮތް ފަހިކޮށްދެއްވަންވީއެވެ. އިތުރު 150 ރުފިޔާ ބަންގާޅީއަކަށް ދީގެން ކުނި އުކާލަން ޖެހުނު ނަމަވެސް ދުވާ ކުނިވަހުން ސަލާމަތްވެއްޖެ ނަމަ މި ފަދަ ރަމަޟާން މަހެއްގައި ގޭގައި ތިބެން ތަންކޮޅެއް ފަސޭހަވާނެތީއެވެ.

އެފަދަ ލުޔެއް ދެއްވައިފިނަމަ ފެތުރެމުން މިދާ ތަފާތު ރޯގާތަކުން ސަލާމަތްވުމަށްވެސް އެހީތެރިކަމަކަށްވެގެންދާނެއެވެ. ރައްޔިތުންގެ ޖީބަށް ބުރަވި ނަމަވެސް އާސަންދައަށް ލުއިވާނެއެވެ. ހަމައެއާއިއެކު ފިނިކޮޓަރީގައި އިނދެގެން ހުރިހާ ގެތަކުގެ ކުނި އުކާލާކަން ކަށަވަރުކުރާ މަމީ ވެރިޔާ އަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. ފީ ދެއްކި ގެތައް ފަސޭހަ ކަމާއިއެކު ކޮންޕިޔުޓަރުން ބަލައިލެވޭނެތީއެވެ.



ދެން އޮތީ މަގުތަކެވެ. ޚަބަރުގެ 2 ވަނަ ފޮޓޯގައި އެވަނީ ހެންވޭރު އަވިދޭގޭ ގޯޅި ކަންމައްޗެވެ. އެ ކުނިތައް އެތަނުގައި ހުންނަތާ 3 ހަފްތާ ވީއެވެ. އަޅައިލާނެ ސަރުކާރުގެ އެއްވެސް އިދާރާއެއް ނެތެވެ. ދެން ޚުޠުބާގައި ކިޔާނީ މަގުމައްޗަށް ކުނި ނޭޅީމާ ކުންޏެއް ނުހުންނާނެއެވެ. އަޅުގަނޑުމެން ދަންނަވަން އޮތީ މިކަންކަން ބަލަހައްޓާ މިނިސްޓަރަށާއި މުވައްޒިފުންނަށް ބޮޑު މުސާރަ އާއި ކާރާއި އިނާޔަތް ދިނުން ހުއްޓާލީމާ ރައްޔިިތުންނަށް އެހީތެރިވާން އެ ފައިސާކޮޅު ސަލާމަތް ކުރެވޭނެއެވެ.

މަގުތައް ނުބަލަހައްޓައި މިގޮތަ ދޫކޮށްލުމުން ޕާކު ކުރާނެ ތަނެއް ނެތިގެން ނަމަވެސް ހުއްދަ ނުއޮންނަ ތަނެއްގައި ޕާކުކޮށްފިނަމަ ސްޓިކަރ ޖަހައި މިހާރު ކޮންމެ ދުވަހަކު ރައްޔިތުންގެ އަތުން އަތުލަމުންދާ ރުފިޔާތައް އަތުލުން ހުއްޓައިލި ނަމަވެސް އެކޮށްދެވުނީ ވަރަށް ބޮޑު ހެޔޮކަމަކަށްވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް