ޤައުމީ ދިގު ފެތުމުގެ މުބާރާތާއި އެކުއަތްލޯން މުބާރާތް އަންނަ ޖުލައި މަހު ދިއްފުށީގައި

ޤައުމީ ދިގު ފެތުމުގެ މުބާރާތާއި އެކުއަތްލޯން މުބާރާތް އަންނަ ޖުލައި މަހު ދިއްފުށީގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ސްވިމިން އެސޯސިއޭޝަނުން ބާއްވަމުން އަންނަ ޤައުމީ ދިގު ފެތުމުގެ 13 ވަނަ މުބާރާތް ކ.ދިއްފުށީގައި ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވާގޮތަށް ހަޖެހިފައިވާއިރު، އެ އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ އެކުއަތްލޯން މުބާރާތް ޖުލައި މަހުގެ 21 ވަނަ ދުވަހުގައި ހަމަ އެ ރަށުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނި ގޮތުގައި 21 ވަނަ ދުވަހު ދިއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކުއަތްލޯން މުބާރާތަކީ ޤައުމީ ދިގު ފެތުމުގެ މުބާރާތާ ގުޅުވައިގެން އެ ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަލްޓި ސްޕޯޓް އީވެންޓެކެވެ. ވަކިވަކި ފަރުދުންނަށާއި ޓީމްތަކަށާއި އާއިލާތަކަށް ހުޅުވާލާފައިވާ އެ މުބާރާތުގައި ހިމެނެނީ ދުވުމާއި ފެތުމުގެ ހަރާތްތަކަށްކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

އެކުއަތްލޯން މުބާރާތާއި ޤައުމީ ދިގު ފެތުމުގެ މުބާރާތް ވެސް ކުރިއަށް ގެންދަން ސްވިމިން އެސޯސިއޭޝަނުން ހަމަޖައްސާފައިވަނީ ކެޓަގަރީތަކަކަށް ބަހާލައިގެންނެވެ.

އެ ގޮތުން އެކުއަތްލޯން މުބާރާތް ކުރިއަށްދާނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ވަކިވަކި ފަރުދުންނަށް ތިން ކެޓަގޮރީއަކާއި ޓީމްތަކަށާއި ޢާއިލާތަކަށް ތިން ކެޓަގަރީއެކެވެ.

އެކުއަތްލޯން މުބާރާތުގައި ވަކިވަކި ފަރުދުންނަށް އޮތް ތިން ކެޓަރީގައި ހިމެނޭ ނޭޝަނަލް ކެޓަގަރީގައި ވާދަކުރާނީ 14 އަހަރުން މަތީގެ ބައިވެރިންނެވެ. އެ ކެޓަރީގައި 2.5 ކިލޯމީޓަރުގެ ދުރުމިނަށް ދުވެފައި 1 ކިލޯމީޓަރުގެ ދުރުމިނަށް ފެތުމަށްފަހު އަލުން 2.5 ކިލޯމީޓަރަށް ދުވަން ޖެހެއެވެ. ދެން ހިމެނޭ ޖޫނިއާ ކެޓަރީގައި 10 އަހަރާއި 14 އަހަރާ ދެމެދުގެ ބައިވެރިން ވާދަކުރާއިރު، އެ ކެޓަގަރީގައި 1.5 ކިލޯމީޓަރުގެ ދުރުމިނަށް ދުވެފައި 750 މީޓަރުގެ ދުރުމިނަށް ފެތުމަށްފަހު އަލުން 1.5 ކިލޯމީޓަރުގެ ދުރުމިނަށް ދުވަންޖެހެއެވެ. ކިޑްސް އެކުއަތްލޯން ކެޓަގަރީގައި 10 އަހަރުން ދަށުގެ ބައިވެރިން ވާދަކުރާއިރު، އެ ކެޓަގަރީގައި 200 މީޓަރަށް ފެތުމަށްފަހު 500 މީޓަރަށް ދުވަންޖެހެއެވެ.

އެކުއަތްލޯން މުބާރާތުގައި ޓީމްތަކަށާއި ޢާއިލާތަކަށް ހުޅުވާލާފައިވާ ތިން ކެޓަގެރީގެ ތެރެއިން ހިމެނޭ ޓީމް ކެޓަގަރީގައި ވާދަކުރާނީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ބައިވެރިންނެވެ. އެ ކެޓަގަރީގައި 2.5 ކިލޯމީޓަރަށް ދުވެފައި 1 ކިލޯމީޓަރުގެ ދުރުމިނަށް ފެތުމަށްފަހު އަލުން 2.5 ކިލޯމީޓަރުގެ ދުރުމިނަށް ދުވަންޖެހެއެވެ. ޖޫނިއާ ޓީމުގެ ކެޓަގަރީގައި އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ބައިވެރިން ވާދަކުރާއިރު، އެ ކެޓަރީގައި ދުވަންޖެހެނީ 1.5 ކިލޯމީޓަރަށް ދުވެފައި 750 މީޓަރަށް ފެތުމަށްފަހު 1.5 ކިލޯމީޓަރަށް އަލުން ދުވަންޖެހެއެވެ. ފެމެލީ ކެޓަގަރީގައި 10 އަހަރުން މަތީގެ ބައިވެރިން ވާދަކުރާއިރު، އެ ކެޓަގަރީގައި 2.5 ކިލޯމީޓަރަށް ދުވެފައި 1 ކިލޯމީޓަރަށް ފެތުމަށްފަހު އަލުން 2.5 ކިލޯމީޓަރަށް ދުވަންޖެހެއެވެ.

ޤައުމީ ދިގު ފެތުމުގެ މުބާރާތް ކުރިއަށްދަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކިޑްސް ސްވިމް ޗެލެންޖް ކެޓަރީގައި 10 އަހަރުން ދަށުގެ ކުދިން ވާދަކުރާއިރު، ފަތަންޖެހެނީ 500 މީޓަރުގެ ދުރުމިނަކަށެވެ. ސްވިމް ޗެލެންޖް ކެޓަގަރީގައި 10 އަހަރުން މަތީގެ ބައިވެރިން ވާދަކުރާއިރު، ފަތަންޖެހެނީ 1 ކިލޯމީޓަރުގެ ދުރުމިނަކަށެވެ. ޖޫނިއާ ނޭޝަނަލް ކެޓަގަރީގައި 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން ވާދަކުރާއިރު، އެ ކެޓަގަރީގައި ފަތަންޖެހެނީ 3 ކިލޯމީޓަރުގެ ދުރުމިނަކަށެވެ. ނޭޝަނަލް ކެޓަގަރީގައި 14 އަހަރުން މަތީގެ ބައިވެރިން ވާދަކުރާއިރު، އެ ކެޓަރީގައި ދުވަންޖެހެނީ 5 ކިލޯމީޓަރުގެ ދުރުމިނަކަށެވެ.

އެ ދެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ސްވިމިން އެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ އެސޯސިއޭޝަންގެ އިދާރާއަށް ހުށަހެޅަން ޖެހެއެވެ.

ޤައުމީ ދިގު ފެތުމުގެ މުބާރާތެއް އެންމެ ފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ ފަހަރު މުބާރާތް ބޭއްވީ ހއ.ދިއްދޫގައެވެ. އެ އަހަރު ސްވިމިން އެސޯސިއޭޝަނުން ނިންމާފައިވަނީ އެ އަހަރުން ފެށިގެން އަތޮޅުތެރޭގެ ރަށްތަކުގައި މުބާރާތް ބޭއްވުމަށެވެ. އޭގެ ކުރިން އެ މުބާރާތުގައި ބައިވެރިވެފައިވަނީ މާލޭގެ ސަރަހައްދުގައިވާ ރަށްތަކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު