ދެ ކިޑްނީ ފެއިލްވެފައިވާ ސައުދިއްޔާގެ ކިޑްނީއިން މިހާރު މަސައްކަތް ކުރަނީ %8،އަވަސް ފަރުވާއާއި އެހީތެރިކަން ބޭނުންވޭ!

ދެ ކިޑްނީ ފެއިލްވެފައިވާ ސައުދިއްޔާގެ ކިޑްނީއިން މިހާރު މަސައްކަތް ކުރަނީ %8،އަވަސް ފަރުވާއާއި އެހީތެރިކަން ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު

ރަމަޟާން މަހަކީ، އެމަހެއްގައި ކޮށްފި ކޮންމެ ހެޔޮކަމަކަށް ދެގުނައަށް ސަވާބު އިތުރުވެގެންދާ އަދި ސަދަޤާތެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ވެސް ގިނަގުނަ ސަވާބާއި ދަރުމަ ލިބިނެވި އެންމެ ބަރަކާތްތެރި މައްސަރެވެ.

އެގޮތުން އެކަކު އަނެކަކަށް އެހީތެރިވުމަކީ ވެސް ދެވޭ ސަދަޤާތެކެވެ. ޚާއްސަކޮށް މާލީ ދަތިކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި ސިއްޙީ ގޮތުން ވެސް ބަލިމީހުންނަށް އެހީތެރިވުމަށް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.ލ. ގަން/ތުނޑި.ނިއްޝާ ސައުދިއްޔާ މުޙައްމަދު (62އ.) އަކީ މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކެތްތެރި އަންހެނެކެވެ. ދިރިއުޅުން ބަދަލުވީ، އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާ ކަމުގެ ހިތާމަވެރި ޚަބަރާއިއެކު އެވެ.

"މިއަދުނޫހަށް" ސައުދިއްޔާގެ ބަލިހާލަތު ބަޔާން ކޮށްދެމުން އޭނާގެ އެއް ފިރިހެން ދަރިފުޅު ކަމަށްވާ އަބްދުލް ހަމީދު އަބްދުﷲ ބުނީ، އޭނާގެ މަންމަ (ސައުދިއްޔާ) ގެ ދެ ކިޑްނީ ފެއިލްވެފައި ހުރި ކަމުގެ ޚަބަރު ލިބުނީ 2013 ވަނަ އަހަރު ކަމަށާއި އެއިރު ކިޑްނީ މަސައްކަތް ކުރަނީ 19 ނުވަތަ 20 އިންސައްތައަށް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.

"ޑޮކްޓަރުން ވިދާޅުވީ ކިޑްނީން މަސައްކަތް ކުރަނީ 19 ނުވަތަ 20 އިންސައްތަ ކަމަށް. އެހެންނަމަވެސް މަންމަގެ ކިޑްނީ މިހާރު މަސައްކަތް ކުރަނީ އެންމެ %8. އެހެންވެ ޖެހޭ ވަރަށް އަވަހަށް ޓްރާންސްޕްލާންޓް ހަދަން ." އަބްދުލް ހަމީދު ބުންޏެވެ.

ސައުދިއްޔާގެ ތިބެނީ އެއް އަންހެން ކުއްޖަކާއި ތިން ފިރިހެން ދަރީންނާއިއެކު ޖުމްލަ ހަތަރު ދަރިންނެެވެ. އޭގެތެރެއިން ސައުދިއްޔާއަށް ކިޑްނީއެއް ހަދިޔާ ކުރެވެން ހުރީ އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ކަމަށްވީއިރު އޭނާގެ ބަލި ހާލަތުވެސް އެހާމެ ދަށެވެ. އެހެންކަމުން މިހާރު އެއާއިލާއިން ވަނީ އެހެން ފަރާތްތަކުގެ އެހީތެރިކަމަށް ވެސް ބޭނުންވެފައެވެ.

"ކިޑްނީ ޓްރާންސްޕްލާންޓަށް ދާން ޖެހެނީ ބެންގަލޫރަށް. ކިޑްނީއެއް ލިބޭތޯ ރާއްޖެއިން ވެސް މިދަނީ މަސައްކަތް ކުރަމުން. ޑައިލިސިސް ވެސް ހަދަން ޖެހެނީ. މަންމައަށް މިހާރު ނުވެސް ކެވޭ، އަބަދުވެސް ހުންނަނީ ވަރުބަލިވެފަ، ބަނޑަށް ވެސް ތަދުވާތީ އަބަދު އުޅެނީ. ބެންގަލޫރަށް މަންމަގެ ބޭސްފަރުވާއަށް ދާއިރު ވެސް ވަރަށް ފައިސާ ނަގާ. އެއީ އެންމެ ފުރަތަމަ ޓްރާންސްޕްލާންޓާއި ހަމައަށް ދާން ވެސް ނަގާ ތިން މަސް ދުވަސް. މިކަމަކީ ވަރަށް ގިނަ ދުވަސް ނަގާ ކަމަކަށްވާތީ ވަރަށް ގިނަ ފައިސާ ވެސް ބޭނުންވޭ. އެހެންވެ އެންމެހާ ދީލަތި ފަރާތްތަކުގެ ހެޔޮދުޢާއާއި އެހީތެރިކަން ބޭނުންވޭ" އަބްދުލް ހަމީދު އެދިފައިވެއެވެ.

ސައުދިއްޔާ މުޙައްމަދު އަށް އެހީތެރިވުމަށްޓަކައި ފައިސާ ޖަމާ ކުރަން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

•ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު 101 465080 7703 (ސައުދިއްޔާ މުޙައްމަދު)
• ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު 7730000135365 (ސައުދިއްޔާ މުޙައްމަދު)

އިތުރު މައުލޫމާތު 7618806 ނަންބަރު ފޯނާއި ގުޅާލާ ހިއްސާ ކޮށްލުން އެދެމެވެ.

މާތް ﷲ ސައުދިއްޔާ އަށް އަވަސް ޝިފާއެއް ދެއްވާ، އެބަލިމަޑުކަމުން ސަލާމަތް ކުރައްވާ ފުރިހަމަ ރަނގަޅު ސިއްޙަތެއް ދެއްވާށި! އާމީން!
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ