އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެމްސް މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ޖެމްސް މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ޖެމްސް ހުއްޓުވި މައްސަލައިގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދު ކޮށްފިއެވެ.

މިއަދު ހެނދުނު 10:15 ގައި ހައިކޯޓުގައި މިކަމާއި ގުޅިގެން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ބެންޗުން ހުކުމް އިއްވާފައިވަނީ، މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ޖެމްސްގެ ޚިދުމަތް ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެންގެވިކަމަށް ބުނެ، މިމައްސަލައިގައި އަބްދުﷲ ސައީދުގެ މައްޗަށް ކުރަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ.
މިމައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ