އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ނަން ކީނަމަވެސް ރައްޔިތުންނަށް މިހާރު ހަނދާންވަނީ ވައްކަން: އާދަމް ޢާޒިމް

ސަރުކާރުގެ ނަން ކީނަމަވެސް ރައްޔިތުންނަށް މިހާރު ހަނދާންވަނީ ވައްކަން: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސަރުކާރުގެ ތެރެއިން ކުރާ ވައްކަންތައް ގިނަވެ އަދި ސަރުކާރުގެ މުއައްސަސާތައް ހިންގަން ތިބި މީހުން ކުރާ ވައްކަން ގިނަވުމުގެ ސަބަބުން ސަރުކާރެވެ ބުނާ އަޑު ރައްޔިތަކަށް އިވުނު ނަމަވެސް ވައްކަންމަތިން ހަނދާންވާ ވަރަށް ރާއްޖޭގައި ވައްކަން ގިނަވެއްޖެ ކަމަށް އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް މިރޭ ވިދާޅުވީ ކޮރަޕްޝަނުގެ ފައިސާ ހޯދާ ވާހަކަ ސަރުކާރުން ދެއްކުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ވައްކަމުގެ ފައިސާ ހޯދުން ކަމަށެވެ. ކޮރަޕްޝަނުގެ އެންމެ ބޮޑެތި މައްސަލަތައް ހިނގާފައިވަނީ މިސަރުކާރުގެ ތެރެއިން ކަމަށާއި އެ ފައިސާ ހޯދަން އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. ކުރަންޖެހޭ ތަޙްޤީޤްތައް ނުކުރެވޭ ކަމަށެވެ. އަދި އެފައިސާ ނުހޯދިގެން މިއުޅެނީ އަމިއްލައަށް ވައްކަންކުރާތީ ކަމަށެވެ.

ޢާޒިމް ވިދާޅުވީ އާބާދީގެ ނިޞްބަތަށް ބަލައިފިނަމަ ރާއްޖެއަކީ ކިޔަވައިގެން ތިބި މީހުން ގިނަ ޤައުމެއް ކަމަށާއި ޤައުމުގައި ވައްކަންކުރުން މިފެންވަރަށް އިތުރުވެފައިވާއިރު ވައްކަން ހުއްޓުވަން އެންމެން އެކުގައި ނުކުންނަން ޖެހިފައިވާ ކަމަށެވެ. ނޫންނަމަ ކިޔަވައިގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެންމެން ނުކުމެ ވައްކަން ކުރާ ވަގުން އަތުލައިގަނެ ފުލުހުންނާއި ހަވާލުކުރަން ވެއްޖެ ކަމަށާއި ފުލުހުން އަމިއްލައަށް ނުކުމެވެސް ވަގުން ހިފައި ހައްޔަރުކުރަން ފަށަންވެއްޖެ ކަމަށެވެ.

ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ކުރާ ގޯނާތައް އިންތިހާއަށް ގޮސް ނުކުރަނީ ކޮން ގޯނާއެއްތޯ ބަލަންޖެހޭ ޙާލަތަށް ރައްޔިތުންނަށް އަނިޔާކުރުން ގޮސްފައިވާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް