ފާއިތުވި 9 އަހަރު ރާއްޖެ ވަނީ 15.67 ކުޑަވެފަ - ކޮންމެ 9 އަހަރަކުން 141 ކުޑަވާނަމަ ކުރިއަށް އޮތް 3 އަހަރުން ރާއްޖެ ނެތިގެންދާނެ!

ފާއިތުވި 9 އަހަރު ރާއްޖެ ވަނީ 15.67 ކުޑަވެފަ - ކޮންމެ 9 އަހަރަކުން 141 ކުޑަވާނަމަ ކުރިއަށް އޮތް 3 އަހަރުން ރާއްޖެ ނެތިގެންދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދިވެހިރާއްޖެއަކީ ކޮންމެ 9 އަހަރަކުން ކުޑަވަމުން އަންނަ ޤައުމެއް ނަމަ އަލުން އުފަންވާންޖެހޭ ދުވަހެއް ވެސް އަތުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމަށް ބުނެ ރައްޔިތުންގެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރައްޔިތުންގެ މެދުގައި މިފަދަ ބޮޑު ކަންބޮޑުވުމެއް އުފެދުނީ އދ ގެ ސެކިޔުރޓީ ކައުންސިލުގެ ގޮނޑި ހޯދަން ދިވެހި ސަރުކާރަށް ކުރެވުނުހައި ކަމެއް ކުރަމުން އަދި ބޮޑެތި ޚަރަދުތައްވެސް ކުރަމުން ދަނިކޮށް ރޭ ނެގި ވޯޓުގައި އިންތިހާއަށް ބޮޑު ތަފާތަކުން ރާއްޖެ ބަލިވުމާއި ގުޅިގެން ރާއްޖެއިން ނެރެފައިވާ ބަޔާނާއި ގުޅިގެންނެވެ.

ރައްޔިތުންގެ ގިނަ ބައަކު ބުނަނީ ރާއްޖެއާއި ވާދަކުރި އިންޑޮނޭސިއާއަށް 144 ވޯޓު ލިބިފައި ރާއްޖެއަށް އެންމެ 46 ވޯޓު ލިބުމުން އެކަން އެގޮތަށް މެދުވެރިވީ ރާއްޖޭގެ ކުޑަކަމުންކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރާނަމަ އެ ބުނަނީ ކޮންމެ 9 އަހަރަކުން ރާއްޖެ އަންނަނީ ވަރަށް ބޮޑަށް ކުޑަވަމުން ކަމަށެވެ.

2009 ގައި އދ ގެ އިންސާނީ ޙައްޤުތަކާއިބެހޭ ގޮނޑި ރާއްޖެއިން ކާމިޔާބުކުރީ 185 ޤައުމުގެ ތާއީދާއިއެކުގައެވެ. އެއީ މިފަދަ ވޯޓެއްގައި އދ ގައި ހޯދުނު ދުނިޔޭގެ ރެކޯޑެއް ކަމަށްވެސް އޮތީ ބެލެވިފައެވެ.

ސަރުކާރުން މިފަދަ ބަޔާންތައް ނެރޭއިރު 2009 ވަނަ އަހަރު ރާއްޖެއަށް އެހައި ބޮޑު ކާމިޔާބީއެއް ހޯދުނީ ރާއްޖެ ކޮން ގޮތަކުން ބޮޑުވެގެން ކަމެއް ބުނެއެއް ނުދެއެވެ. އަދި މިހާރު ކުޑަވީ ކޮން ގޮތަކުން ކަމެއްވެސް ބުނެއެއް ނުދެއެވެ.

ފެންނަ ފެނުމަށް ބަލާނަމަ ރާއްޖެ ވަނީ ފާއިތުވި 9 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބޮޑުވެފައެވެ. އެތައް ރަށެއްގެ ބިންތައް އެތައް ގުނައަކަށް ހިއްކައިފިއެވެ. ހުޅުމާލެއަށް އިތުރު 2 ހުޅުމާލެ އިތުރުކޮށްފިއެވެ. ޢާބާދީއަށް އެތައް ހާސް ބައަކު އިތުރުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް އިތުރުވެއްޖެއެވެ. އިތުރު ކޯޓުތައް އުފެދިއްޖެއެވެ. ހައި ކޯޓުގެ ގޮފިތައް އުތުރާއި ދެކުނުގައި ހުޅުވައިފިއެވެ. އެއާ ޕޯޓް ދެ ގުނައަށް ބޮޑު ކުރެވިއްޖެއެވެ. 25 ބުރީގެ އިމާރާތްތައް އުފުލެން ފަށައިފިއެވެ. ބްރިޖްތައް އަޅައި ނިންމަނީއެވެ. އިތުރު ބޭންކްތަކާއި މާލީ އިދާރާތައް ހުޅުވުނީއެވެ.

އެކަމަކުވެސް ޤައުމު މިވަނީ އަހަރުން އަހަރަށް ކުޑައެވެ. 2009 ވަނަ އަހަރު 185 ގައި އޮވެފައި މިހާރު 44 އަށް ކުޑަވީމާ 141 އެބަ ކުޑަވެއެވެ. އެއީ ފާއިތުވި 9 އަހަރަށް ބަހައިފިނަމަ އަހަރަކަށް 15.67 ގެ ކުޑަވުމެކެވެ. މާނައަކީ މިގޮތަށް ރާއްޖެ ކުޑަވަމުންދާނަމަ ކުރިއަށް އޮތް 3 އަހަރު ތެރޭ ރާއްޖެ ކުޑަވެ ނެތިގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް