ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބަދަލު ކޮށްފި

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދައާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކޮށްފައި ވަނިކޮށް، އެޕާޓީއިން ދިދައާއި ލޯގޯ ބަދަލު ކޮށްފިއެވެ.

ޖޭޕީ ގެ ލޯގޯ ބަދަލުކުރުމަށް އީސީ އިން އަންގާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރުން މަނާކޮށްފައިވަނީ، ޖޭޕީގެ ލޯގޯ އާއި ދިދައިން ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްސަ ކޮށްފައިވާ ދިދަ ރަމްޒު ކޮށްދޭ ކަމަށް ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ޖޭޕީއިން އާ ލޯގޯއަކާއި ދިދައެއް ފަރުމާ ކުރުމަށްފަހު އެކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި ލޯގޯ އާއި ދިދަ ފާސް ކުރުމުގެ ކަންކަން އަސާސީ ޤަވާއިދުގައި ހުއްދަ ކުރާ ގޮތުގެ މަތިން އެކަން ކުރިއަށް ގެންދިޔުމަށް އަންގާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ފާސްކުރުން އޮންނާނީ އެޕާޓީގެ ކޮންގްރެސްގައެވެ. އެބައްދަލުވުން މިމަހު ފަހުކޮޅު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ