އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގެ އިންޓެލިޖެންސް އަނެއްކާވެސް ލަދުގަންނަވާލައިފި

އެމެރިކާގެ އިންޓެލިޖެންސް އަނެއްކާވެސް ލަދުގަންނަވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އެމެރިކާގެ އެއާ ފޯސްގަ މަސައްކަތްކުރަން ފޫހިވެގެން ފިލި މީހަކު 35 އަހަރު ފަހުން އަތުލައިގެންފިއެވެ. ފުލުހުން އޭނާއަށް ފާރަލާން ފެށީ ވަގު ޕާސްޕޯޓެއް ހެއްދި ކަމުގެ ތުހުމަތުގައެވެ.

1983 ވަނައަހަރު ވިލިއަމް ހޯވާޑް ހަފްސް އޭނާގެ އުރުން 33 އަހަރުގައި ގެއްލުނުފަހުން އޭނާއަށް ވީނުވީއެއް ނުއެނގެއެވެ. އެއްބައަކު ތުހުމަތުކުރީ ރަސިއާ އިން އޭނާ ވަގަށް ނެގީ ކަމަށެވެ. 1986 ވަނަ އަހަރު ނާސާގެ ރޮކެޓް ގޮވުމާއި އަދި އެއިގެ 2 އަހަރު ފަހުން އިތުރު ރޮކެޓެއް ގޮވުން ފަދަ ކަންކަމާއި ގުޅިގެން ރަސިއާގެ މައްޗަށް ކުރެވުނު ތުހުމަތުތައް އިތުރުވެގެންދިއައެވެ.

ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރި ބަންދު ކޮޓަރިއެއްގައި ނަމަވެސް ކުރާ ހުރިހާ ކަމެއް އެނގޭ ކަމަށް ދައުވާ ކުރަމުން އަންނަ އެމެރިކާގެ އިންޓެލިޖެންސް މިފަހަރުވެސް ފޭލްވީ ލަދުގަންނަން ޖެހޭނެ މިންވަރަށެވެ. އައިޑީ ކާޑު ބަދަލުކޮށްލައިގެން އޭނާ ދިރިއުޅެމުން ދިއައީ ހަމަ އެމެރިކާގެ ކެލިފޯނިއާގައެވެ. ވީމާ ސީއައިއޭއަށް ޤާބިލުކަން ލިބިފައިވަނީ އެމެރިކާގައި ހިނގާ ކަންކަން ބެލުމަށް ނޫން ކަމަށާއި ޤާބިލުކަން ލިބިފައިވަނީ އެހެން ޤައުމުތަކުގައި ހިންގާ ކަންކަން ބެލުމަށް ކަމަށް މިކަމުންވެސް ހެކި ލިބިގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް