ސުބްހާނަﷲ! މާތް ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ޑަޗްގައި ކާޓޫނު ކޮމްޕެޓިޝަނެއް ބާއްވަން އިއުލާން ކޮށްފި

ސުބްހާނަﷲ! މާތް ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ޑަޗްގައި ކާޓޫނު ކޮމްޕެޓިޝަނެއް ބާއްވަން އިއުލާން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އިސްލާމާދީނާއިމެދު ހަސަދަވެރި ޖައްސާލައިގެން އުޅޭ މީހުން މިދުނިޔޭގައި ގިނަކަމީ ހައިރާންވާ ކަމެއް ނޫނެވެ. ނަމަވެސް ހަޖަމްކުރުމުގެ މައްސަލަ ނިހާޔަތަށް ޖެހިފައިވާ ބައެއް ޣައިރު މުސްލިމުން، އިސްލާމްދީން ބަލިކަށި ކޮށްލުމުގެ ގޮތުން ކުރާ ބައެއް ނާޖާއިޒު ކަންތަކަކީ، ސުލްޙަވެރި ވިސްނުމެއް ގެންގުޅޭ މުސްލިމުންގެ ވެސް ލޭ ކެކޭފަދަ ކަންތައްތަކެކެވެ.

އެފަދަ އަމަލެއް ވަރަށް އަވަހަށް ކުރުމުގެ ނުބައި ވިސްނުން ޑަޗްގެ ޣައިރު މުސްލިމުންތަކެއް ދަނީ ކުރަމުންނެވެ.

އަހަރެމެންގެ (މުސްލިމުންގެ) މާތް ރަސޫލާ މުޙައްމަދު (ޞޢޥ) އަށް ފުރައްސާރަ ކުރުމުގެ ގޮތުން ޑަޗްގެ އެންޓި އިސްލާމް ފަޔަރ ބްރޭންޑެއް ކަމަށްވާ ގިއާ ވައިލްޑާސް ނަމަކަށް ކިޔާ ބަޔަކު، ކާޓޫނުކުރެހުމުގެ މުބާރާތެއް ބޭއްވުމަށް އެބަޔަކު ދަނީ ތައްޔާރުވަމުންނެވެ.

ތިމާގެ ބުއްދީގެ ބޭނުން ފުރިހަމައަށް ކުރުމަށް ނުކުޅެދިފައިވާ އެބައިގަނޑު، ހިތުން ވަރަށް ފަޚުރުވެރިކަމާއިއެކު ބުނެފައިވަނީ އެޤައުމުގެ ސަލާމަތީ އޮފިޝަލުންގެ ހުއްދަ ލިބުމާއިއެކު ރަސޫލާ (ޞޢޥ) ގެ ކާޓޫނު މުބާރާތެއް ޑަޗް ގެ ޕާލަމެންޓު އޮފީސްތަކުގައި ބޭއްވޭނެ ކަމަށެވެ.

މިމުބާރާތާއިބެހޭ ގޮތުން އެޤައުމުގެ ފްރީޑަމް ޕާޓީގެ ޕޮލިޓިޝަނެއް ވަނީ ޓްވިޓާގައި އިއުލާން ކޮށްފައެވެ.މިފަދަ ބޭއަދަބީ މުބާރާތެއް ބޭއްވުމަށް އެއްބަޔަކު ސަނާ ކިޔާފައިވާއިރު، އަނެއް ބަޔަކު ވަނީ މިކަމާ އިދިކޮޅަށް އަޑު އުފުލާ، އެކަން ނުކުރުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައެވެ. އަދި މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ކޮބާތޯ، ޚުދު އެތީސްޓަކު ސުވާލު ކޮށްފައިވެއެވެ.

"އަހަންނަކީ އެތީސްޓެއް. އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތް. މުސްލިމުންގެ ރަސޫލާ (ޞޢޥ) އާއި ބެހޭ ގޮތުން ކާޓޫނު ކުރެހުމުން، އެމީހުން ރުޅި އަންނަކަން އެނގޭއިރު، ސަމާލުކަން ހޯދުމުގެ ގޮތުން މިފަދަ "ސްޓަންޓް" ތަކެއް ހަދާ މުސްލިމުން އިތުރަށް ރުޅިއަރުވަން ތިއުޅެނީ ކީއްވެ؟"

ޑަޗް އިން ކީރިތި ޤުރްއާން ފުހެލާ މުސްޙަފް ވިއްކުން ހުއްޓާލުމަށް ވެސް މިބަޔަކު ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ. ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަފުޅާއެކު އެކަން ވަނީ ނާކާމިޔާބު ކުރައްވަވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ