5 ރައީސުންގެތެރެއިން 4 ރައީސުންނަށް ކުރެވުނު ބޮޑު ޙުކުމުން އިސްލާޙީ މަސައްކަތުގަ އަދިވެސް ކުރަން ހުރި ގިނަ ގުނަ މަސައްކަތް ހާމަވޭ: ޤާސިމް

5 ރައީސުންގެތެރެއިން 4 ރައީސުންނަށް ކުރެވުނު ބޮޑު ޙުކުމުން އިސްލާޙީ މަސައްކަތުގަ އަދިވެސް ކުރަން ހުރި ގިނަ ގުނަ މަސައްކަތް ހާމަވޭ: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ރައީސް މައުމޫންގެ މައްޗަށާއި އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދަށް މިއަދު ކުރި ޙުކުމާއި ރާއްޖޭގައި ވެރިކަން ކުރެއްވި 5 ރައީސުންގެތެރެއިން 4 ރައީސުންނަށް ކުރެވުނު ބޮޑު ޙުކުމުން އިސްލާޙީ މަސައްކަތުގައި އަދިވެސް ކުރަން ހުރި ގިނަ ގުނަ މަސައްކަތް ހާމަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކަން ބަޔާން ކުރައްވައި މިރޭ ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިކަން ބަދަލުވާންޖެހޭ ކަމަށެވެ.

"މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް. ރައީސް މައުމޫން އަދި އުއްތަމަ ފަނޑިޔާރާ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދަށް ކުރެވުނު ޙުކުމާ، ރާއްޖޭގައި ވެރިކަން ކުރެއްވި 5 ރައީސުންގެތެރެއިން 4 ރައީސުންނަށް ކުރެވުނު ބޮޑު ޙުކުމުން އިސްލާޙީ މަސައްކަތުގައި އަދިވެސް ކުރަން ހުރި ގިނަ ގުނަ މަސައްކަތް ހާމަވޭ. މިކަން ބަދަލުވާންޖެހޭ!" ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް