އަޚާ މަރުވުމުން އަޚާއަށް ފައިދާކުރާނެ ކަންކަން ކުރުމަކީ ތިމާއަށްވެސް ފައިދާކުރާނެ ކަމެއް!

އަޚާ މަރުވުމުން އަޚާއަށް ފައިދާކުރާނެ ކަންކަން ކުރުމަކީ ތިމާއަށްވެސް ފައިދާކުރާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މީހަކު މަރުވުމުން މިހާރަކަށް އައިސް އެންމެ ގިނަ ބައަކުކުރާ ކަމަކީ ވައިބަރ ގްރޫޕެއްގައި ނުވަތަ ފޭސް ބުކްފަދަ ސޯޝަލް މީޑިއާއެއްގައި "އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން" ލިޔެލުމެވެ. އެ ހިސާބުން ހުރިހާ ކަމެއް އެ ނިމުނީއެވެ. އެންމެ ކުޑަމިނުން ކަށުނަމާދުގައި ބައިވެރިިވަނީވެސް މަދު މީހެކެވެ.

މިއީ މިހައި ފަސޭހައިން ނިންމައިލެވެން އޮތް ކަމެއްކަމަށް ދެކެގެން ނުވާނެއެވެ. މިއީ މާ ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. ކޮންމެ މީހަކުވެސް މަރުވާނެއެވެ. މިއަދު މަރުވީ އަޚާއެވެ. މާދަމާ މަރުވާނީ ތިބާ ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

އަޚާ ދުނިޔޭގައި ހުރިއިރު ދެ މީހުން އުޅުނީ އެކުގައެވެ. ދެ މީހުން ދެ މީހުންނަށް ވަނީ އެތައް ކަމެއްގައި އެހީތެރިވެދީފައެވެ. އެކުގައި އުފާކޮށްފައެވެ. އެކުގައި ކައިބޮއި ހަދައިފައެވެ. އެކަކަށްޓަކައި އަނެކަކު ވަނީ އެތައް ބުރައެއް އުފުލައިފައެވެ. އެފަދަ މީހަކު މަރުވުމުން "އަނހަ މަރުވީހޭ!" ބުނެ "އިންނާ ލިﷲ" ކިޔައިލުމުން ފުދޭނީ ކިހިނަކުން ހެއްޔެވެ؟

ޢަމިއްލަ އާއިލާއަށް ބެލި ނަމަވެސް އެކަންކަން މިހާރަކަށް އައިސް މިހިނގަނީ ވަރަށް ދެރަވަރު ގޮތަކަށެވެ. ޖަނާޒާގެ ކަންކަން ނިމެންދެން ދެރަވެގެން އުޅެފާނެއެވެ. ސަހަރާއިން ނުކުމެގެން ދިއުމާއިއެކު ކަމެއް ވެއްޖެކަންވެސް ގިނަ ބައަކު ހަނދާން ނުހުންނަ ފަދައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަރުވި މީހާއަށްޓަކައި ހެޔޮ އަމަލުތައް ކުރުން ހުއްޓައިނުލާށެވެ. ފުދުންތެރިކަން ހުރި ނަމަ އަޚާއަށްޓަކައި ޞަދަޤާތްކުރަމުން ގެންދާށެވެ. ވީހައި ގިނައިން ހެޔޮ ދުޢާކުރާށެވެ.

އަޚާއަށްޓަކައި ޞަދަޤާތް ކުރުމަކީވެސް އަދި ހެޔޮ ދުޢާ ކުރުމަކީވެސް އެކަމުގެ ސަވާބު އެކަން ކުރި މީހާއަށްވެސް ލިބޭ ކަމެކެވެ. އެކަމުގެ ފައިދާ ކުރާނީ ހަމައެކަނި އަޚާއަކަށް ނޫނެވެ. ތިބާ ކުރި ހެޔޮ އަމަލަށް ޙައްޤު ޖަޒާ ތިބާއަށް ވެސް ދެއްވަވާނެއެވެ. ވީމާ އެހެން މީހަކަށްޓަކައި ޞަދަޤާތްކުރުމާއި ދުޢާ ކުރުމަކީ އެކަމުގެ ފައިދާ ދެގުނައަށް ލިބޭނެ ކަމެކެވެ.

ވަކިވެގެން ދިއަ އަޚާގެ ޢާއިލާއަށް އެހީތެރިވެދޭށެވެ. ތަނަވަސްކަންހުރިނަމަ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާށެވެ. މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ އަޚާގެ ޢާއިލާއަށް ބޭނުންވާ ކަންކަން ކޮށްދެވޭތޯ ބަލާށެވެ!

ކަންކަން ކޮށްދޭންވާނީ އެކަމުގެ އެއްވެސް ފައިދާއެއް އަޚާގެ ޢާއިލާ އިން ލިބޭނެ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. އެކަމުގެ ސަވާބާއި ދަރުމަ މާތް ﷲ ދެއްވަވާނެ ކަމަށް ޔަޤީންކޮށްގެންނެވެ. އެއީ އަޚާގެ ޢާއިލާއިން ލިބިދާނެ ފައިދާއަކަށްވުރެ މާބޮޑު ނިޢުމަތެއް ކަމަށް ޔަޤީންކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް