ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ..

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިރޭ ފަށާނެއެވެ.

އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވަނީ ރަޝިއާގައެވެ. އަދި މިރެއިން ފެށިގެން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތަކީީ 21 ވަނަ ވަރލްޑް ކަޕެވެ.

މި މުބާރާތް މިރޭ ފަށާއިރު، މުބާރާތް ބާއްވާ ޤައުމު ރަޝިއާ އޮތީ މިކަމަށް ވާންޖެހޭ ހުރިހާތައްޔާރީއެއްވެސް ވެފަކަމަށް ޚަބަރުފަތުރާވަޞީލަތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެޤައުމުގެ 11 ސިޓީއެއްގައި މުބާރާތް ކުރިޔަށް ދާނެ ކަމަށާއި މެޗުތައް ކުޅޭ 12 ސްޓޭޑިއަމްވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަންއަކީ ޖަރުމަން ވިލާތެވެ. ރަނރަޕް ޓީމަކީ އާޖެންޓީނާއެވެ.

މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ރަޝިއާ އާއި ސައުދީ އަރަބިޔާއެވެ. މުބާރާތް ފެށިގެންދާ މި މެޗު ކުޅޭނީ ރާއްްޖޭ ގަޑިން މިރޭ 20:00 ގައެވެ.

މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާނީ 2007 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ފީފާގެ މެންބަރުންގެ ގޮތުގައި ހިމެނޭ 209 ޤައުމުގެ މެދުގައި ކުޅުނު ކޮލިފައިން މެޗުތަކުގެ މަރުޙަލާ ކަޑައްތުކޮށް، ފަހު މަރުޙަލާއަށް އައިސްފައިވާ 32 ޓީމެވެ.

މިއަހަރުގެ މުބާރާތަކީ ޔޫރަޕަށް ނިސްބަތްވާ ޤައުމެއްގައި ބާއްވާ 8 ވަނަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތަށްވާ އިރު، މިއީ މި މުބާރާތް އެޤައުމުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި އަދި 2006 ވަނަ އަހަރަށްފަހު ޔޫރަޕްގައި ވަރލްޑް ކަޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތް ބޭއްވުމުގެ ފުރުޞަތު ރަޝިއާ އަށް ލިބުނީ 2010 ވަނަ އަހަރު ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ ވޯޓަކުންނެވެ. ރަޝިއާ އަށް ވަރލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ލިބުނީ ވޯޓިންގގެ ދެވަނަ ބުރުންނެވެ. ރަޝިއާ ބިޑް ކާމިޔާބުކުރީ ޕޯޗުގަލް އަދި ސްޕެއިންގެ ބިޑް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް