އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރައްޔިތުންނަށް އިންސާފުވެރި ނުވެ މުސްލިމް އުންމަތް އެކުވެރިއެއް ނުކުރެވޭނެ!

ރައްޔިތުންނަށް އިންސާފުވެރި ނުވެ މުސްލިމް އުންމަތް އެކުވެރިއެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އިސްލާމީ ޤައުމުތަކުގައި މިއަދު ކިޔާފައިވާ ޢީދު ޚުޠުބާގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ އުންމަތުގެ އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށެވެ. ބައިބައި ނުވުމަށާއި އިސްލާމީ އުންމަތަކީ ކުރިންވެސް އޮތް ފަދަ އެކުވެރި، އެއްބައިވަންތަކަން އޮތް އުންމަތަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ.

އިސްލާމީ އުންމަތުގެ މިއަދުގެ ޙާލަތަށް ބަލާއިރު މާތް ﷲ މުސްލިމް ޤައުމުތަކަށް ދެއްވެވި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް އެންމެ ނިކަމެތި ހާލުގައި ތިބީ މުސްލިމުންނެވެ. އެންމެ ބޮޑު ބިރުވެރިކަމެއްގައި ތިބީ މުސްލިމުންނެވެ. ރިފިޔުޖީން އެންމެ ގިނައީ މުސްލިމް ޤައުމުތަކުގައެވެ. ކާނެ އެއްޗެއް ނުލިބޭއިރު ބޯނެ ފެން ފޮދެއް ނުލިބޭ މީހުން އެންމެ ގިނައީ މުސްލިމް ޤައުމުތަކުގައެވެ.

މުސްލިމުންގެ އެންމެ މުޤައްދިސް ބިން ކަމަށްވާ މައްކާއަކީ އަމާންތަނެއްގެ ގޮތުގައި ދާދިފަހަކާއި ޖެހެންދެން އޮތް ތަނެއް ނަމަވެސް މިހާރު މުސްލިމް އުންމަތަަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ވަބާގެ އަސަރު މިހާރު މައްކާއިން ވަނީ ފެންނަން ފަށައިފައެވެ. މަދުންނަމަވެސް ޓެރަރިޒަމްގެ އަމަލުތައް މިހާރު ދަނީ ފެންނަމުންނެވެ.

ސަބަބެއް ކަމަށް ބެލެވެނީ އިސްލާމް ދީނުގައި ބަޔާންވެގެންވާފަދަ ވެރިކަމެއް ނެތުމެވެ. ރައްޔިތުންގެ ފައިސާ ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާ އިން ވެރިންގެ މުއްސަނދިކަން އިންތިހާއަށް އިތުރުކުރަމުން ގެންދިއުމެވެ.

އިސްލާމީ އުންމަތަށް އެހީތެރިވުމާއި އިސްލާމީ އުންމަތް ކުރިއެރުވުމުގެ ވާހަކަތައް ދައްކަމުން ޔަހޫދީންނާއި އަދި ނަޞާރާއިންނާއި ގުޅުން ބަދަހިކޮށް ޔަހޫދީންނާއި ނަޞާރާ އިންނަށް މާލީ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރުމަކީވެސް ބޮޑެތި ސަބަބުތަކެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަޙާބީންގެ ޒަމާނުގައި އިސްލާމީ އުންމަތުގެ ގުޅުންތައް ބަދަހިކަންމަތީގައި އޮތީ ވެރިންގެ ދީލަތިކަން ބޮޑުކަމުންނެވެ. ބައިތުލްމާލުން ޙައްޤު މިންވަރު ނޫނީ ނުނަންގަވާތީ އެވެ.

ހައްޤު މިންވަރު ނެންގެވުމަށްފަހުގައިވެސް އަމިއްލަފުޅު ބޭނުންފުޅުތަކަށްވުރެ ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދެއްވެވީތީއެވެ. ހައްޤު އުޖޫރަވެސް ރައްޔިތުންނަށް ބައްސަވާ ލައްވަމުން ގެންދެވީތީއެވެ. ދުނިޔެ ދޫކުރެއްވެވިއިރު އަތްޕުޅުގައި އެއްވެސް ތަނަވަސްކަމެއް ނެތުމުގެ އިތުރުން ބޮޑެތި ދަރަނިވެރިންގެ ގޮތުގައި ތިއްބެވީތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް