އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫނާ ދެ ފަނޑިޔާރުންނަށް ހުކުމް ކުރީ އިންސާފުވެރި ޝަރީއަތެއްގައި ފުރިހަމަވާން ޖެހޭ ވަރަށް ގިނަ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް: އެމެރިކާ

ރައީސް މައުމޫނާ ދެ ފަނޑިޔާރުންނަށް ހުކުމް ކުރީ އިންސާފުވެރި ޝަރީއަތެއްގައި ފުރިހަމަވާން ޖެހޭ ވަރަށް ގިނަ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް: އެމެރިކާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ރައީސް މައުމޫން އާއި ދެ ފަނޑިޔާރުން ޖަލަށްލާން ހުކުމް ކުރީ އިންސާފުވެރި ޝަރީއަތެއްގައި ފުރިހަމަވާން ޖެހޭ ވަރަށް ގިނަ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަޔާނެއް ނެރެފިއެވެ.

ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އޖަލަށްލާން ކުރި ހުކުމުގެ ސަބަބުން އެނގިގެން ދަނީ ރާއްޖޭގައި މިނިވަން ރިޔާސީ އިންތިހާބެއް ބާއްވަން ސަރުކާރުން ފުރުސަތު ދޭން ބޭނުން ނުވާކަން ކަމަށްވެސް އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ބަޔާނުގައި ބުނެފައިވަނީ މި ޝަރީއަތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުން ބޭނުންވާ ފަދަ އަދި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ގޮވާލާ ފަދަ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

އެމެރިކާގެ ބަޔާނުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ ފަރާތްތަކަށް މައްސަލައިގައި ދިފާއުވުމަށް ދޭން ޖެހޭ އެކަށީގެންވާ ފުރުސަތުތައް ދީފައި ނުވާ ކަމަށެވެ. އަދި އެ 3 ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތުގައި ލޯޔަރުން ހޯދުމަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށާއި ދިފާއީ ހެކިންގެ ހެކިބަސް ވެސް ނަގާފައި ނުވާކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ޝަރީއަތްތައް މި ގޮތަށް ހިންގާފައި ވާތީ، ގާނޫނުގެ ވެރިކަން ރާއްޖޭގައި ދަމަހައްޓަން ސަރުކާރުން ބޭނުންވާ ކަމާއިމެދު މިހާރު ސުވާލު އުފެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނީ ވެރިކަން ދެމެހެއްޓުމަށާއި ގާނޫނުތަކުން ލިބިދޭ އެންމެހައި ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ލިބި ދިނުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ މިނިވަންކަމާއިއެކު ހިނގުމަށް ފުރުސަތުދިނުމާއިއެކު ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމް ކުރުމަށް ރައީސް އަބްދުﷲ ޔާމީންއަށާއި ދިވެހި ސަރުކާރަށް އެމެރިކާގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކޮށް، އެ ޕާޓީއަކުން ބޭނުންވާ ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެމެރިކާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފައެވެ. ހަމައެއާއިއެކު އެއްވެސް ފަރާތަކުން ކެމްޕޭން ކުރުމަށް ހުރަސް ނޭޅުމަށާއި އެންމެ ފުޅާދާއިރާއެއްގައި ކެމްޕޭން ކުރުމުގެ ފުރުސަތު ދޭން ޖެހޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

3 ބޭފުޅުންގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އެންމެ ފުރަތަމަ ކަންބޮޑުވުން ފައުޅުކުރީ އިންޑިއާއިންނެވެ. އިންޑިއާއިން ވެސް ބުނެފައިވަނީ ރައީސް މައުމޫންގެ މައްޗަށް އިއްވި ހުކުމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ ހުކުމުގެ ސަބަބުން ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ބޭރުގެ ބޮޑެތި ބާރުތަކުން މިފަދަ ބަޔާންތައް ނެރެމުންދާއިރު އިސްލާމީ ޝަރީޢަތް ކުރަންޖެހޭނީ ދެފަރާތަށް ވެސް ހަމަހަމަކަމާއިއކު ފުރުޞަތުދީގެން ކަމަށާއި ސިއްރު ހެކި ބޭނުންކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫންކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމެރިކާގެ ބަޔާން: https://www.state.gov/r/pa/prs/ps/2018/06/283249.htm

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު