އެހެންޓީމުތަކުން ސަމާލުވުމަށް އައިސްލޭންޑުން ވަރުގަދަ މެސެޖެއް..

އެހެންޓީމުތަކުން ސަމާލުވުމަށް އައިސްލޭންޑުން ވަރުގަދަ މެސެޖެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ރަޝިއާގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕަށް އަލަށް ވަރލްޑް ކަޕްގައި އާޖެންޓީނާ އާއި އައިސްލޭންޑު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.

ގްރޫޕް ސްޓޭޖުގެ މިމެޗަކީ ގިނަ ބަޔަކު ގަބޫލުކޮށްގެންތިބި ގޮތުގައި ފަސޭހަކަމާއެކު މޮޅުވާނެ މެޗެކެވެ. ނަމަވެސް ނަތީޖާ ދެއްކީ އެއާމުޅިން ޚިލާފަށެވެ.ދުނިޔޭގެ ޗެމްޕިއަންގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ އާޖެންޓީނާއަށް ވަނީ އައިސްލޭންޑުގެ މައްޗަށް ކުރިހޯދޭގޮތް ނުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އާޖެންޓީނާއިންނެވެ. މިގޯލު ޖަހައިދިނީ 19 ވަނަ މިބެޓުގައި ސާޖިއޯ އަގުއިރޯއެވެ.

އެކަމަކު 23 ވަނަ މިނެޓުގައި ފިންބޮގަސަން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ.

އާޖެންޓީނާއަށް ނަތީޖާ ބަދަލުކޮށްލަން ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެވެ. ނަމަވެސް ލިއޮނެލް މެސީ ޖެހި މި ޕެނަލްޓީ ވަނީ އައިސްލޭންޑުގެ ހުޝިޔާރު ގޯލްކީޕަރ ވަނީ މަތަކޮށްފައެވެ.

މި މުބާރާތުގައި މިރޭ 21:00 ގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ޕެރޫ އާއި ޑެންމާކްއެވެ. އަދި ގްރޫޕް ޑީގައި ހިމެނޭ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ މެޗު މިރޭ 12:00 ގައި ކުޅޭނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޚް