އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލިއަނަރަކު މަރުވުމުން އެންމެ ލޯބިވާ ދަރިފުޅަށް ފެނުނު ހުވަފެން - އެންމެންނަށް ޢިބްރަތެއް!

މިލިއަނަރަކު މަރުވުމުން އެންމެ ލޯބިވާ ދަރިފުޅަށް ފެނުނު ހުވަފެން - އެންމެންނަށް ޢިބްރަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ޢަލީ މުބާރިކް އަކީ މިޞުރުގެ ވިޔަފާރިއެކެވެ. އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ފާހަގަކޮށްލެވޭ މިލިއަނަރެކެވެ. މަރުވީ އުމުރުން 78 އަހަރުގައެވެ.

މަރުވިތާ 3.2 މަސް ދުވަސް ފަހުން އޭނާ އެންމެ ލޯބިވާ އޭނާގެ އެންމެ ހަގު ދަރިފުޅު، ނިސާއަށް ހުވަފެނުގައި ފެނުނީ ބައަކު އޭނާގެ ބައްޕަގެ ގައިގައި ޗޭނުޖަހައި އަނިޔާކުރާތަނެވެ. އަނިޔާކުރާތަން ބަލަން ގިނަ ބައަކު ތިބެ އަތްތިލަބަޑިޖަހައި އުފާކުރާ ތަނެވެ.

ހުވަފެން މަހެއްހައި ދުވަސް ތެރޭގައި 3 ފަހަރަށް ފެނުމުން ޢިލްމުވެރިއެއްގެ ލަފާ ހޯދާލަން ބޭނުންވިއެވެ. ހަމަ އެއް ހުވަފެނެއް ފެންނަމުންދާތީއެވެ. ބައްޕައަށް އަނިޔާކުރުމުން އުފާކުރާ ބައަކު ތިބޭތީއެވެ.

ޢިލްމުވެރިޔާ ވިދާޅުވީ ބައްޕަގެ އެއްވެސް ދަރަންޏެއް އޮތްތޯ ބެލުމަށެވެ. އަދި ބައްޕަ އާއިމެދު ޝަކުވާކުރާ އެއްވެސް ބައަކު ތިބިތޯ ބެލުމަށެވެ. އެފަދަ ކަމެއް އޮތް ނަމަ ހައްލުކުރުން ރަނގަޅުކަމަށް ފެންނަ ކަމަށެވެ.

ޢިލްމުވެރިޔާގެ ލަފާ ޤަބޫލުކޮށް ބައްޕަގެ ދަރަންޏެއް އޮތްތޯއާއި ޕައްޕަ އާއިމެދު ޝަކުވާކުރާ އެއްވެސް މީހަކު ހުރިތޯ ބަލަން ނޫހުގައި ޝާއިއުކޮށް ޓީވީން އިއުލާނުކުރުމުން 30 ވަރަކަށް މީހުން ތަފާތު މައްސަލަތައް ހުށަހެޅިއެވެ. ދަރަންޏާއި ޝަކުވާއެވެ.

އެއިރު ބައްޕަގެ މުދާ ހުރީ ދަރިންގެ މެދުގައި ނުބަހައެވެ. ދަރިފުޅު ބޭނުންވީ މުދާ ބަހައިގެން އޭނާއަށް ލިބޭ ބައިން ޝަކުވާތަކުގެ މައްސަލަތައް ޙައްލުކުރުމަށެވެ. އެހެންކަމުން 4 ދަރިންގެ މެދުގައި ބައްޕަގެ މިލްކިއްޔާތު އަމިއްލައަށް ބެހުމަށްފަހު ދަރިފުޅަށް ލިބުނު ބައިން އެ އެންމެންގެ މައްސަލަތައް ޙައްލުކޮށް ޙިތް ހަލާލު ހޯދިއެވެ.

4 ބެއިންނަށް މުދައު ބެހުމުން ހުވަފެން ފެނުނު ދަރިފުޅަށް ލިބުނީ 84 މިލިއަން މިޞުރު ޕައުންޑުގެ އެސެޓާއި ފައިސާއެވެ. ޝަކުވާތައް ހައްލުކުރަން 70 މިލިއަން ޕައުންޑް ހޭދަކުރަން ޖެހުނެވެ. ނަމަވެސް އެކަމަށް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ބައްޕަގެ ކިބައިން ވާރުތަވި މުދަލުން ބައްޕައަށް ހޭދަކުރަން އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ދަރިފުޅު ހުރީ އޭނާއަށް ލިބޭ ހުރިހާ އެއްޗެއް ހޭދަކުރަންވެސް ތައްޔާރަށެވެ.

ފިރިހެން ދަރިންނަށް ލިބުނު އަދަދު ގިނައެވެ. އެހެންކަމުން އެދަރިން އެކަމަށް ބޭނުންވުމުން ބުނީ ހުވަފެން ފެނުނީ އޭނާއަށް ކަމަށެވެ. އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ ކަމަށެވެ.

ދަރަނިތައް އަދާކޮށް ޝަކުވާތައް ހައްލުކުރިތާ މަހެއްހައި ދުވަސް ފަހުން އަނެއްކާވެސް ހުވަފެނުގައި ބައްޕަ ފެނުނެވެ. ހުރީ ވަރަށް ހެވިފައެވެ.
އެއިގެ 3 އަހަރުފަހުން އަންހެން ކުއްޖާގެ ކައިވެނި ކުރެވުނީ އޭނާގެ ބައްޕައަށްވުރެވެސް މުއްސަނދި މަހުޖަނަކާއިއެވެ. އެހެންކަމުން މިހާރު އޭނާއަކީ އޭނާގެ 3 ބޭބެއިންނަށްވުރެވެސް މުއްސަނދި މަހުޖަނެކެވެ.

- މިއީ މިޞުރުގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް