އިންޑިއާގެ ހޮސްޕިޓަލަކުން އޮޅުވާލައިގެން އާއިލާއެއްގެ އަތުން ބިލަށް އެއް ކަރޯޑަށްވުރެ ގިނަ ރުޕީސް އަތުލައިގަތް ވާހަކަ

އިންޑިއާގެ ހޮސްޕިޓަލަކުން އޮޅުވާލައިގެން އާއިލާއެއްގެ އަތުން ބިލަށް އެއް ކަރޯޑަށްވުރެ ގިނަ ރުޕީސް އަތުލައިގަތް ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު

ޑޮކްޓަރުންނަކީ ބަލިމީހުންގެ ބަލިތަކަށް ޝިފާއެއް ދެވޭތޯ އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެންމެ ފަހު ސިކުންތާއި ޖެހެންދެން ވެސް ކުރުމަށް ހުވާކޮށްގެން ތިބޭ، މީހުންގެ ނަޒަރުގައި ވަރަށް މަތީ މަގާމެއް ދެވިފައިވާ ބައެކެވެ.

ނަމަވެސް ހިތާމައަކީ ބައެއް ޑޮކްޓަރުން އެއިއްޒަތާއި ގަދަރު ވެއްޔާއި މޮޑެލާ، ޑޮކްޓަރީ ސަނަދު ލިބުނުއިރު ކޮށްފައިވާ ހުވައާއި ވެސް އަދި އިންސާނިއްޔަތުކަމާއިވެސް ޚިލާފުވާ ކަމެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޕަރުލް ބާސިން ވަރްމާ ވަނީ އޭނާއަށް މިފަދައިން ދިމާވި ހިތާމަވެރި ހާދިސާ، ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.މިއަހަރުގެ ކުރީކޮޅު ޕަރުލް ގެ މަންމަ ވަރަށް ބޮޑަށް ބަލިވުމުން، އިންޑިއާގެ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް، ޑޮކްޓަރުންގެ ބޭއަދަބީ ބަސްތަކަށް ކެތްކުރަމުން ވެސް ޕަރުލް އާއި އޭނާގެ އާއިލާ ދިޔައީ މަންމައަށް އަވަސް ޝިފާއެއް ހޯދާ ދިނުމުގެ އުންމީދުގައެވެ.

ނަމަވެސް އޭނާގެ މަންމައަށް އެދެވޭ ފަރުވާއެއް ނުލިބި މިދުނިޔެއާއި ވަކިވެގެން ދިޔައީ ޕަރުލްގެ ކުރިމަތީގައެވެ. އޭގެ އިތުރުން، ފަރުވާ ކުޑަ ޚިދުމަތްތަކެއް ދިނުމަށްފަހު، އެހޮސްޕިޓަލުން ވަނީ އެއް ކްރޯޑަށްވުރެ ގިނަ ރުޕީސްގެ ބިލެއް ޕަރުލްގެ އާއިލާއާއި ހަވާލު ކޮށްފައެވެ. މިވަގުތު އެއާއިލާއިން ދަނީ އެދަރަނި ފުއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޕަރުލް އޭނާގެ ވާހަކަ އެފްބީ ގައި ލިޔެފައިވެއެވެ.

" އަހަރެންގެ އާއިލާއަށް މިވަނީ 'ސިއްޙީގޮތުން ރަހީނު' ކުރުމާއި ކުރިމަތިވެފައެވެ. އަހަރެންގެ މަންމަ ބަލިވެގެން ދެ ހޮސްޕިޓަލަކަށް ދެއްކީމެވެ. އެއީ ހައިދަރްއާބާދު ގައި ހުންނަ ޔަޝޯދާ ހޮސްޕިޓަލާއި ނިއު ދިއްލީގައި ހުންނަ ބީއެލް ކަޕޫރް ހޮސްޕިޓަލެވެ. އެ ދެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް މަންމަ އެޑްމިޓް ކުރުމުން، މުޅިއަކު 100 ދުވަސް އައިސީޔޫގައި މަންމަ ހޭދަކުރިއެވެ.

ބީއެލް ކަޕޫރު ހޮސްޕިޓަލުން، ދުވާލެއްގެ މައްޗަށް އެއް ލައްކަ ރުފިޔާ ދިނުމަށް ބިލް ކޮށްފައިވާއިރު، ބިލަށް މުޅިއަކު 1.2 ކްރޯޑް ރުޕީސް އަރާފައިވެއެވެ.

ފައިސާގެ ކަންތައް މިހެން ހުރިއިރު، އަހަރެންގެ މަންމަގެ އެކި ގުނަވަންތައް އިންފެކްޓުވިއެވެ. އަދި މަންމަ މިދުނިޔެ ދޫކޮށްދިޔައެވެ.

އަހަރުމެންގެ ހާލަތު އަހަރެން މިޤައުމުގެ ބޮޑު ވަޒީރަށް ދެންނެވީމެވެ. އަދި ބައެއް ޓީވީ ޗެނަލްތަކަށް ވެސް ކިޔާދިނީމެވެ. ނަމަވެސް އެހީތެރިވާނެ، ނުވަތަ މިކަމަށް މާބޮޑު ސަމާލުކަމެއް ދޭނެ މީހެއްވެސް ނުވުމުން، މިވާހަކަ ސޯޝަލް މީޑިއާގައި ޙިއްސާ ކުރީމެވެ. ހޮސްޕިޓަލުތަކަކީ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުރިތަނަކަށްވީހިނދު، ބަލިމީހާއަށް ލިބެންވާ ސިއްޙީ ޚިދުމަތްތައް ބޮޑު ބިލެއްގެ ސަބަބުން ނުލިބެންވީ ސަބަބެއް ނުވިސްނެވެ.މިއަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބީއެލް ކަޕޫރު ހޮސްޕިޓަލުން ބުނީ އަހަރެންގެ މަންމަގެ ފުރަމޭ ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެހޮސްޕިޓަލުން ބުނީ އެކަމަށް ބުޅިއަކު 18 ނުވަތަ 19 ލައްކަ ރުޕީސް ޚަރަދުވާނެ ކަމަށެވެ.

ފުރަމޭއެއް ނުލިބިގެން އަހަރުމެން ހާސްވެފައި ތިބިއިރު ޖޯތުޝާ ވަރްމާ ނަމަކަށް ކިޔާ މީހަކު ބުނީ ހައިދަރްއާބާދުގެ ޔަޝޯދާ ހޮސްޕިޓަލުގައި މަރުވެފައި އޮތް މީހެއްގެ ފުރަމޭ ލިބެން ހުރިކަމަށެވެ. އޭނާ އެމައުލޫމާތު އަހަރުމެންނަށް ދިން ކަމަށްޓަކައި ވެސް އޭނާއަށް އެއްލައްކަ ރުޕީސް ދޭން ޖެހުނެވެ.

މަންމަ ގޮވައިގެން އަހަންނާއި އާއިލާއިން ހައިދަރްއާބާދަށް ގޮސް ފުރަމޭ ބަދަލު ކުރުމުގެ ކަންކަން ހަމަ ޖެއްސިއިރު، އެހޮސްޕިޓަލުން ބުނީ އެކަމަށް މުޅިއަކު 27 ލައްކަ ރުޕީސް ހޭދަވާނެ ކަމަށެވެ. އެއީ އަހަރުމެންނަކީ ހައިދަރްއާބާދުގެ ބަޔަކަށް ނުވުމުން ކަމަށް ވެސް ބުންޏެވެ.މަންމަގެ ފުރަމޭ ބަދަލު ކުރުމުގެ އޮޕަރޭޝަން ކާމިޔާބުވިއެވެ. ނަމަވެސް އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އަނެއްކާވެސް މަންމަގެ ހާލަތު ކުއްލިއަކަށް ދެރަވެގެން، އައިސީޔޫއަށް ބަދަލު ކުރެވުނެވެ. މަންމަގެ އެކި ގުނަވަންތައް މަސައްކަތް ކުރުން ހުއްޓިއްޖެކަން ޑޮކްޓަރުންނަށް އެނގުމުން، އެމީހުން ހެދީ ބޮޑު ބިލެކެވެ. އަދި އެބިލަށް ފައިސާ ދެއްކުމުގެ ކުރިން މަންމައަށް އެއްވެސް ޚިދުމަތެއް އަދި އެއްވެސް ބޭހެއް ވެސް ނުދޭނެކަމަށް ބުންޏެވެ.

އެހޮސްޕިޓަލުން އިތުރަށް ފައިސާ ހޯދުމުގެ ނިޔަތުގައި، ކޮންމެ ދުވަހަކު އަހަރެންގެ މަންމަގެ ކިޑްނީ ޑައިލިސިސް ވެސް ހެދިއެވެ.މަންމަ މަރުވީ މެއި މަހުގެ ހަތް ވަނަ ދުވަހުއެވެ. މަންމައަށް ފަރުވާ ކުރެވޭތޯ ހޮސްޕިޓަލުތަކަށް އަހަރުމެން ދިޔަދިޔުމުގައި، އެމީހުންގެ ދަހިކަމުގެ ސަބަބުން އަހަރުމެންގެ އަތުން ހަތަރު މަސްތެރޭގައި މުޅިއަކު 1.2 ކްރޯޑް ރުޕީސް ޚަރަދުވިއެވެ."

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ