ދުނިޔޭގައި ހުންނަން ކަމުން އައި ކެއުން - ދުނިޔޭގައި ހުންނަނީ ކާންކަމަށް ބަދަލުވެއްޖެ! ބަލިވާ ވާހަކައާ ފަލަވާ ވާހަކަ ނުދައްކާ!

ދުނިޔޭގައި ހުންނަން ކަމުން އައި ކެއުން - ދުނިޔޭގައި ހުންނަނީ ކާންކަމަށް ބަދަލުވެއްޖެ! ބަލިވާ ވާހަކައާ ފަލަވާ ވާހަކަ ނުދައްކާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

މިހާރަކަށް އައިސް އެންމެ ގިނައިން މިއިވޭ އެއް އަޑަކީ އަބަދުވެސް ކޮންމެވެސް މީހަކު ކޮންމެވެސް ބޮޑު ބައްޔެއްގައި އުޅޭކަމުގެ ވާހަކައެވެ. ބަލިވާ ވާހަކަދައްކާއިރު ބަލިތައް އިތުރުވާ ސަބަބުތަކަށްވެސް ބަލަންޖެހޭނެއެވެ. ބަލިތައް އިތުރުވަމުން މިދާ އެންމެ ބޮޑު ސަބަބަކީ ކައުމުގެ ވައްޓަފާޅިއަށް އައި ބަދަލުކަމަށް ފާހގަކުރެވެނީ ސަބަބުތަކެއް ހުރުމުންނެވެ.

ު ކެއުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށްބަލާއިރު މީގެ ކުރިން އިންސާނުން ކައި އުޅުނީ ދުނިޔޭގައި ހުރުމަށެވެ. މާނައަކީ ކައި އުޅުނީ ދުނިޔޭގައި ހުންނަން ކިރިޔާ ފުދޭ ވަރަށެވެ.

ނަމަވެސް އެކަންވެސް މިއަދު މިވަނީ މުޅިން ބަދަލުވަފައެވެ. މިއަދު ކައި އުޅެނީ ދުނިޔޭގައި ހުރުމަކަށް ނޫނެވެ. މިއަދު ދުނިޔޭގައި ހުންނަނީ ކާން ކަމަށް މިވަނީ ހަދައިފައެވެ. މާނައަކީ އެންމެ ބޮޑު އުފަލަކީ ވީހައި ގިނައިން ތަފާތު ކެއުންތައް ކެއުން ކަމަށް ހަދާފައިވާކަމެވެ.

އަބަދުވެސް މިއުޅެވެނީ ކޮންމެވެސް ތަފާތު މީރު ކެއުމެއް ތައްޔާރު ނުކުރެވިގެންނެވެ. ރަނގަޅު މެނޫއެއް ނުފެނިގެންނެވެ. ކުކިންގޝޯ އެއް ބަލައި ނުލެވިގެންނެވެ. މެނޫ ފެނިއްޖެނަމަ އެއިގައި ހުރި ތަކެތި ހަމަނުކުރެވިގެންނެވެ.

ނަތީޖާއަކީ ކޮބައިކަމާއިމެދު ވިސްނާލަމު ހެއްޔެވެ؟

މިސާލަކަށް ބަލައިފިނަމަ ގައިން ގައަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބައަކަށް ޖެހެމުން އަންނަ ޓައިޕް 2 ޑައިބެޓިސް އިތުރުވަމުން މިދަނީ ކީއްވެގެންހެއްޔެވެ؟ ހަށިގަނޑަށް ނުކަތާ ވަރަށް ކާތީ ހިފަހައްޓައި ނުލެވިގެން ހަށިގަނޑުގެ ސެލްތައް މަރުވާން ފަށަނީއެވެ.

ހަމައެއާއިއެކު ޤްދްރަތީ ކާނާ ގިނަ ދުވަހު ބަހެއްޓުމުގެ ބޭނުމުގައި އެއަށް އަޅާ ކޮންމެ ކެމިކަލަކީ ޞިއްޙަތަށް ގެއްލުންދޭ އެއްޗެކެވެ. ބަލިތައް ޖައްސުވާ އެއްޗެކެވެ. މިކަންކަމުގެ ފުރިހަމަ ހަޤީޤަތް އަދިވެސް ހޯދިފައިވެސް ނެތްކަން އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ ތިބާގެ ޞިއްޙަތާއިމެދު ފަރުވާ ބަހައްޓާ ހަމައެކަކުވެސް މިހާރަކު ނެތެވެ. ކާބޯތަކެތި އުފައްދާ މީހުން ބަލަނީ ކޮންމެ ފަދަ އެއްޗެއް އެއަށް އެއްކޮށްގެން ނަަމަވެސް ރަހަ މީރުކޮށްލައި ވީހައި ބޮޑު ފައިދާއެއްލައި އަވަހަކަށް ވިއްކައިލެވޭތޯއެވެ!

ދެން އޮތީ ސަރުކާރުތަކެވެ. ގިނަ ޤައުމުތަކުގެ ސަރުކާރުތަކުން ރައްޔިތުންގެ ޞިއްޙަތަށް އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. އެހެން ބުނަންޖެހެނީ ދައްކާ ވާހަކަ ކިތަންމެވަރަކަށް ފޮނިކުރި ނަމަވެސް ކާބޯތަކެތި އުފައްދާފައި ހުންނަ ބާވަތްތަކަށް ނުބަލާތީއެވެ. ރައްޔިތުންގެ ޞިއްޙަތަށް ލިބެމުންދާ ގެއްލުންތައް މޮޅު ވާހަކަތަކުން ފޮރުވައިލާތީއެވެ. ސަރުކާރަށް ލިބެންޖެހޭ ޓެކްސް ފައިސާ ބަރާބަރަށް ލިބެމުންދާނަމަ ސަރުކާރަށް އެ ނިމުނީއެވެ.

ގެރީގެ މަސް މަޑުކޮށް ބެހެއްޓުމަށާއި ގިނައިން ކިރު ހޯދުމުގެ ބޭނުންކުރާ އެސްޓްރިޖަނަށް ނިކަން ބަލައިލަބަލާށެވެ. އެއިގެ ސަބަބުން ކިރު އުފައްދާ ފަރާތްތަކުން ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައްވެސް ޙާޞިލުކުރެވުނު ނަމަވެސް އިންސަނާއަށް ލިބެމުންދާ ގެއްލުމަށް ނިކަން ބަލައިލަބަލާށެވެ.

އެއީ ކިތަންމެ ވަރަކަށް ކެއްކި ނަމަވެސް ނައްތައިލެވޭ މާއްދާއެއް ނޫނެވެ. މާއްދާ ހުރީމައި އަންހެން ހޯމޯންސް އިތުރުވެގެންދެއެވެ. އެކިރު މިއަދު ބޯން މިދެނީ ތުއްތު ކުދިންނަށާއި ކުދި ދަރިންނަށެވެ. ދެން ވާނެ ގޮތާއިމެދު ނިކަން ވިސްނައިިލަބަލާށެވެ. ޗީޒް އާއި ޔޯގަޓް ފަަދަ ތަކެތި މިކަނީ އަދި ދަރިންނަށް ކާންދެނީ ހަމަ އެކިރު އަޅައިގެން އުފެއްދުމުންނެވެ.

ކެންސަރު ބައްޔާއި ކެއިން ބުއިިމަށް ބޭނުންކުރާ ބާވަތްތަކާއި ހުރި ގުޅުން ދެނެ ގަތުމަށް 42 ޤައުމެއްގައި ވަނީ ތަޙްލީލްތަކެއް ކޮށްފައެވެ. ތަޙްލީލްތަކުގެ ނަތީޖާއަށް ބަލާއިރު އުފައްދާ ކިރުގެ ބާވަތްތައް ބޭނުންކުރުން މަދު ޤައުމުތަކުގައި ކެންސަރުޖެހުން ވަރަށް ބޮޑުތަން މަދެވެ. ޚާއްޞަކޮށް ޗީޒް އާއި ޔޯގަޓް ގިނައިން ބޭނުންކުރާ ޤައުމުތަކުގައި ކެންސަރު ދަނީ އިތުރުވަމުންނެވެ.

މައުލޫމާތު: މަރސިފުލް ސަރވަންޓް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ