ރޮނާލްޑޯ ޖެހި ހިތްގައިމު ލަނޑުން މޮރޮކޯ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

ރޮނާލްޑޯ ޖެހި ހިތްގައިމު ލަނޑުން މޮރޮކޯ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕު ބީގައި މިއަދު ހަވީރު ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ޕޯޗުގަލް އެވެ.

މި މެޗުގެ ހަމައެކަނި ލަނޑު 4 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗުގަލްއަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ވަރަށްރީތިކޮށް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލިއިރު، މިއީ މި މުބާރާތުގައި ރޮނާލްޑޯ ޖެހި 4 ވަނަ ލަނޑެވެ.

މީގެ އިތުރުންވެސް ރޮނާލްޑޯއަށްވަނީ ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާގެ ތެރޭގައިހުރެފައި ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ހަނި ފުރުޞަތިުތައްލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ މޮރިކޯއިން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ނަތީޖާއަށް ބަދަލުގެނެވޭގޮތް ވަނީ ނުވެފައެވެ.

ޕޯޗުގަލްގެ މި މޮޅާއެކު އެޓީމު ދެމެޗުކުޅެ، އެއްމެޗު އެއްވަރުކޮށް، އެއްމެޗުން މޮޅުވެގެން މިވަގުތު އޮތީ 4 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެެ. ދެވަނައިގާ އީރާން އޮތީ އެއްމެޗުކުޅެ ލިބުނު 3 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި ސްޕެއިން 3 ވަނައިގާ އޮތީ ޕޯޗުގަލް އާކުޅެ ލިބުނު ޕޮއިންޓާއެކުއެވެ. މި ގްރޫޕުގައި ދެން އޮތް މޮރޮކޯ މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި މިރޭ 8 ޖަހާ އިރު ބައްދަލު ކުރާނީ ގްރޫޕް އޭގެ ސައުދީ އަރަބިއާ އާއި އުރުގުއޭ އެވެ. އަދި މިރޭ 11 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ބީގެ އީރާން އާއި ސްޕެއިން އެެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް