ބޮޑުތަކުރުފާނު މަގު ބޮޑުކޮށް ތަރައްޤީކުރާ މަޝްރޫއަށް ޤައިދީން ނެރެނީ

ބޮޑުތަކުރުފާނު މަގު ބޮޑުކޮށް ތަރައްޤީކުރާ މަޝްރޫއަށް ޤައިދީން ނެރެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ބޮޑުތަކުރުފާނު މަގު ފުޅައުކޮށް ހަދަމުން ގެންދާ މަޝްރޫއަށް ޤައިދީން ނެރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހައުސިންގ މިނިސްޓްރީން ސޮއިކޮށްފިއެވެ.



މިކަމަށްޓަކައި މިއަދު އަހުލުވެރި މަރުކަޒު (ކުރީގެ ކުނި ގޮނޑު) ގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް ވީހައި އަވަހަކަށް ނިންމާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޤައިދީންނަށްވެސް އާމްދަނީއެއް ލިބި އިތުރު މަސައްކަތްތަކެއް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.



ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ނުހަދައި އަހަރުތަކެއް ފާއިތުވެފައިވުމުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ހުރިހާ މަގު ހެދުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށް ގެންދަންޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަށް 140 އަށްވުރެ ގިނަ ގައިދީން ނެރެން ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ނެރޭ ކޮންމެ ޤައިދީއަކަށް ދުވާލަކު 80 ރުފިޔާގެ އުޖޫރައެއް ދޭނެއެވެ. މަސައްކަތު ނެރެން ހަމަޖެހިފައިވަނީ އަޚްލާޤީ ގޮތުން ރަނގަޅު، މަސައްކަތްކުރަން ޝައުޤުވެރިވާ ޤައިދީންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް