އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމްހޫރީ ޕާޓީއަށް އަބަދުވެސް ދަނީ ހުރަސްތައް ކުރިމަތިކުރުވަމުން - އުންމީދަކަށް ބަދަލެއް ނާންނާނެ: ސަމީރު

ޖުމްހޫރީ ޕާޓީއަށް އަބަދުވެސް ދަނީ ހުރަސްތައް ކުރިމަތިކުރުވަމުން - އުންމީދަކަށް ބަދަލެއް ނާންނާނެ: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ޖުމްހޫރީ ޕާޓީއަށް އަބަދުވެސް ދަނީ ހުރަސްތައް ކުރިމަތިކުރުވަމުން ނަމަވެސް ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް އުންމީދާއިއެކު ކުރިއަށްދާން މަސައްކަތްކުރާ ޕާޓީއެއް ކަމަށްވުމުން އެފަދަ ހުރަސްތަކުގެ ސަބަބުން ޕާޓީގެ އުންމީދަކަށް ބަދަލެއް ނުއަންނަ ކަމަށާއި ދަނީ ކުރިއަށް ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ޕާޓީ އުފެއްދީންސުރެ ބޭނުންކުރަމުން އައި ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކުރުން ސަރުކާރުން މަނާކުރުމުން ޕާޓީގެ ހަރަކާތްތައް ހިންގަން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެމައްސަލައަށް ވެސް ޙައްލު ހޯދަން މިހާރު ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

ސަމީރު ވިދާޅުވީ ޕާޓީގެ އައު ލޯގޯ އާއި ދިދަ މިހާރު މިވަނީ އިފްިތާޙްކުރެވިފައި ކަމަށާއި އެހެންނަމަވެސް ޖޭޕީގެ ފުރަތަމަ ދިދަ އާއި ލޯގޯ އަދި ޖޭޕީއަށް ލިބޭނެ ކަމަށެވެ. ބޭނުންވަނީ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރުމުގެ ބަދަލުގައި ކުރިއަށް ދެވެން އޮތް ގޮތަކުން ޕާޓީގެ ކަންކަމާއިގެން ކުރިއަށް ދެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

ޖޭޕީގެ 3 ވަނަ ކޮންގްރެސް އިފްތިތާޙްކުރުމަށް މިއަދު މެންދުރުފަހު ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސަމީރު ވަނީ ފާއިތުވި 5 އަހަރު ދުވަހު ޖޭޕީއަށް ކުރިމަތިކުރުވި ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް