ސެނަގާލް މޮޅުވާން ދަނިކޮށް ހޮންޑާގެ ލަނޑުން ޖަޕާނަށް ހިތްހަމަޖެހުމުގެ ނޭވާއެއް..

ސެނަގާލް މޮޅުވާން ދަނިކޮށް ހޮންޑާގެ ލަނޑުން ޖަޕާނަށް ހިތްހަމަޖެހުމުގެ ނޭވާއެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ 8 ޖެހިއިރު ބައްދަލުކުރި މެޗު 2-1ން ސެނަގާލް މޮޅުވާން ދަނިކޮށް ބަދަލުލުޅުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހޮންޑާ ޖެހި ލަނޑުން 2-2 ން އެއްވަރުވެގެން މެޗު ނިމިއްޖެއެވެ.

އެރަކެޓިންގބަރގް އެރީނާގައި ކުޅުނު މި މެޗަށް ދެޓީމު ނުކުތްއިރުވެސް ކޮންމެ ޓީމަކަށްވެސް 3 ޕޮއިންޓު ލިބިފައިވާތީ، މޮޅުވެގެން ގްރޫޕްގެ އެއްވަނަ ހޯދުމަށް މިއީ ދެޓީމަށްވެސް މުހިންމު މެޗަކަށް ވަނީ ވެފައެވެ.
އެހެެންކަމުން ދެޓީމުންވެސް އެޓޭކިންގ ފުޓްބޯޅައެއް ވަނީ ކުޅެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ސެނަގާލްގެ މާނޭ ޖަހާ ލީޑު ނެގިއެވެ. ނަމަވެސް ދޫނުދީ ކުޅެމުންދިޔަ ޖަޕާންގެ ހަމަލާތައް ވަރުގަދަކޮށް 34 ވަނަ މިނެޓުގައި އިނުއި ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ.

މި ނަތީޖާގައި ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފުގައިވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލަނޑަކަށް ބަދަލުކޮށްލެވޭގޮތް ނުވީ ބައެއް ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ދެޓީމުގެ ގޯލްކީޕަރުންވެސް ވަނީ ހަމަލާތައް ދިފާޢުކޮށްފައެވެ.

ނަތީޖާ ބަދަލުކޮށްލަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފާ 71 ވަނަ މިނެޓުގައި ސެނަގާލުން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ޢުމުރުން 19 އަހަރުގެ ވަގުއި އެވެ. މިއީ އޭނާގެ ބައިނަލްއަޤްވާމީ ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު، ޖަޕާނުން އެޓޭކިންގ އިތުރަށް ވަރުގަދަކޮށް ސެނަގާލުގެ ގޯލަށް ހަމަލާތައް އޮއްސަންފެށިއެވެ. އެގޮތުން ކަގާވާގެ ބަދަލުގައި ކުޅެން ނުކުތް ހޮންޑާ ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރިއެވެ.
މިރޭ 11 ޖަހާއިރު ކަޒަން އެރެނާގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޕޮލެންޑާއި ކޮލަމްބިއާއެވެ.

މި ގްރޫޕުގައި ޖަޕާނާއި ސެނަގާލްއަށްވެސް 4 ޕޮއިންޓު ލިބިފައިވާ އިރު، ޕޮލެންޑު އަދި ކޮލަމްބިއާއަށް ޕޮއިންޓެއް ނުލިބެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޚް