އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލް ޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަޙުމަދު އަބްދުﷲ ދީދީ އައްޔަނު ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަޙުމަދު އަބްދުﷲ ދީދީ އައްޔަނު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޑޫ ސިޓީ ހިތަދޫ ކޯޒީރައުންޑް ޑރ. އަޙުމަދު އަބްދުﷲ ދީދީ، މިއަދު އައްޔަނު ކުރައްވައިފިއެވެ.

އޭގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މއ. ވޭސައިޑް 310 ފްލެޓް އަލްއުސްތާޛް ޢަބްދުﷲ ދީދީ އައި ހ. ހޯސްޓްސައިޑް އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު ވެސް މިއަދު އައްޔަނު ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 147 ވަނަ މާއްދާގެ ދަށުން، ޑރ. އަޙުމަދު ޢަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާ، ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދު ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަނު ކުރެއްވީ އެމަޤާމުތަކަށް އެބޭފުޅުން އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވާ ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ