ރައުންޑް އޮފް ސިކްސްޓީންގެ ފަހު މެޗު އިންގްލެންޑުން ކާމިޔާބުކޮށް، ކްއާޓަރގެ ފަހުޖާގައަށް

ރައުންޑް އޮފް ސިކްސްޓީންގެ ފަހު މެޗު އިންގްލެންޑުން ކާމިޔާބުކޮށް، ކްއާޓަރގެ ފަހުޖާގައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ރަޝިއާގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގެ ފަހު މެޗު އިންގްލެންޑުން ކާމިޔާބުކޮށް ކްއާޓަރ ގައިނަލުގެ ފަހުޖާގަ ކަށަވަރުކޮށްފިއެވެ.

ކޮލަމްބިއާ އާވާދަކޮށް އިންގްލެންޑުން މެޗު ކާމިޔާބުކުރީ 3-4ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 6 ވަނަ ލަނޑެވެ.

ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ކޮލަމްބިއާގެ ކުޅުންތެރިންގެ ފަރާތުން ފާޅުކުރަމުންދިޔަ މި މެޗުގައި ވަނީ ގިނަ ކާޑުތަކެއްވެސް ދައްކާފައެވެ.

އެއްލަނޑުގެ ލީޑަކާއެކު މެޗު ނިމެން ދަނިކޮށް ކޮލަމްބިއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ 93 ވަނަ މިނެޓުގައި ވައިމީނާ އެވެ.

އެހެންކަމުން މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ދެޓީމުވެސް އެއްވަރުވެފައިވާތީ 30 މިނެޓުގެ އިތުރު ދެހާފު ކުޅުމުންވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓުގައި 3-4 ން ކުރި ހޯދީ އިންގްލެންޑެވެ.

މި މުބާރާތުގެ ކްއާޓަރ ފައިނަލް މެޗުތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް