ދަރުސް: ސިހުރުގެ ހަޤީޤަތް ހާދަބިރުވެރިއޭ! އެނގޭނަމަ އެއްވެސް މުސްލިމަކު ސިހުރުވެރިއެއްގެ ގާތަކަށް ނުދާނެ!

ދަރުސް: ސިހުރުގެ ހަޤީޤަތް ހާދަބިރުވެރިއޭ! އެނގޭނަމަ އެއްވެސް މުސްލިމަކު ސިހުރުވެރިއެއްގެ ގާތަކަށް ނުދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ސިހުރުގެ ހަޤީޤަތަށް ބަލައިފިނަމަ އެއީ ޝައިޠާނާ އާއި ދެމެދު ވެވޭ އެއްބަސްވުމެކެވެ. ސިހުރުވެރިޔާ އެދޭ ކަންތައްތައް ޝައިޠާނާ ކޮށްދޭނީ ޝައިޠަނާ ބޭނުންވާ ކަންތައްތައް ސިހުރުވެރިޔާ ކުރުމުންނެވެ. މިގޮތުން މީހުން ލައްވާ ކުރުވާ ކަންކަން އެނގޭނަމަ ހަމަ އެންމެ މުސްލިމަކުވެސް ސިހުރުވެރިއެއްގެ އެހީތެރިކަމެއް ނުހޯދާނެއެވެ.

ބައެއް ސިހުރު ހެދުމަށް ކީރިތި ޤްރްއާނުގެ 51 މުޞްހަފްގެ ލިޔުންތައް ފެނުންނާއި އަތަރުން ނުވަތަ އެނޫންވެސް ހުވަދުން އެބަ ދޮވެއެވެ. އަދި އެފެން އެބަ ބޭނުން ކުރެެވެ.

ގެއެއްގައި މަސައްކަތު ގެންގުޅުނު އަންހެނަކު އެގޭގެ ވެރިމީހާގެ ދަރިފުޅާއި ކައިވެނިކުރަން ބޭނުންވެގެން ސިހުރުވެރިއެއްގެ ގާތަށް ދިއުމުން އޭނާއަށް އެންގީ މައްސަރު ކަންތައް ޖެހުމުން އަންނަ ލޭ މުޞްހަފުގައި އުގުޅުމަށްފަހު އެ ލޭ ގެންގޮސް ދިނުމަށެވެ.

ސިހުރު ހެދުމަށްފަހު ހާލާއި އެނޫންވެސް ތަކެތި ކަތިލާއިރު ޤްރްބާން ކުރަނީ ﷲ ތަޢާލާއަކަށް ނޫނެވެ. ޝައިޠާނާއަށެވެ. ކަރުން ބައެއް ކަތިލުމަށްފަހު ތެޅި ފޮޅެން ދޫކޮށްލައެވެ. އެއީ މުޅި ތަނަށް ލޭ ބުރުވުމުގެ ބޭނުމުގައެވެ. އެއީ އެތަނަށް ޝައިޠާނާ ގެންނަން ފަސޭހަކުރުމުގެ ބޭނުމުގައި ކުރާ ކަންކަމެވެ.

ހޮހޮޅަތަކާއި އަނދިރި ކޮޓަރިތައް ފަދަ ތަންތަނުގައި ސިހުރުވެރިން އެތައް ދުވަހެއް ހޭދަކުރެއެވެ. އެގޮތަށް ދުވަސްތައް ހޭދަކުރަނީ ނުތާހިރާ ތިބެއެވެ. އެއީ ޝައިޠާނާ އާއި ގުޅުން ބަދަހިކޮށް ޝައިޠާނާ ލައްވައި ކަންކަން ކުރުވުމަށެވެ.

ސިހުރުވެރިން މިހުރިހާ ކަންކަން ކުރަނީ އިސްލާމް ދީނުން ބޭރުވެގެން ތިބެގެންނެވެ. ދެން ކަންތައް ވާގޮތް އެނގޭހެއްޔެވެ؟ އެހިސާބުން ޝައިޠާނާ ބުނާނެއެވެ. މިހާރު ކަލޭގެ އެއްވެސް ބޭނުމެއް ނެތެވެ. ކަލޭ ތިއަހުރީ އިސްލާމް ދީން ދޫކޮށްލައިގެންނެވެ. ވީމާ ކަލެއާއި އިތުރަށް ގުޅުން ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތެވެ."

އެ ހިސާބުން ސިހުރުވެރިޔާ ބުނާނެއެވެ. "އަހަރެންގެ މަސައްކަތް ނުވަތަ ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި ތިމަންނާ ކަލެއާއި ގުޅުން ބާއްވަން ބޭނުމެވެ. އެކަން ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟" ޖަވާބުގައި ޝައިޠާނާ ބުނާނެއެވެ. "އެހެން މީހުން އިސްލާމް ދީނުން ބޭރުކުރާށެވެ."

ސިހުރުވެރިން ގާތަށް ދިއުމުން އިސްލާމް ދީނުން ބޭރުވާފަދަ އަމަލުތައް މީހުން ލައްވައި އެކުރުވަނީ އެހެންވެގެންނެވެ. ﷲ ތަޢާލާ ދޫކޮށް ޝައިޠާނާގެ ނަމުގައި ޤްރްބާން ކުރުމާއި ނަޖިހާއި ލޭ ފަދަ ތަކެތި ބޭނުންކޮށްގެން ކަންކަން އެކުރުވަނީ އެހެންވެގެންނެވެ. އެހެން މީހުން ވެސް އިސްލާމް ދީނުން ބޭރުކުރުމަށެވެ.

މިއީ މިކަން ހިނގަމުންދާ ގޮތެވެ. އިސްލާމް ދީނުން ބޭރުވާފަދަ އެތައް އަމަލުތަކެއް މީހުން ލައްވައި ކުރުވައެވެ. މިކަންކަމުގެ ހަޤީޤަތް އެނގޭ އެއްވެސް މުސްލިމަކު ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ކަމަކު ނުދާނެއެވެ. އެހެނީ ސިހުރުވެރިޔާއަކީ އިސްލާމް ދީނުން ބޭރުވެގެންހުރި މީހެކެވެ. އޭނާ ކުރުވާނީ ވެސް އިސްލާމް ދީނުން ބޭރުވާ ފަދަ ކަންކަން ކަމަށްވާތީއެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް