ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު

މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެެރެފިއެވެ.

މޫސުމާއި ބެހެ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ޔެލޯ އެލާރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދު ތަކުގައި ހިމެނޭ ރަށްތަކަށް ވާރޭ ވެހުމުގު އިތުރުން ގަޑިއަކު 30 މޭލާއި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކޮޅިގަނޑިގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެތް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:40 ން އިރުއޮއްސި 18:40 އަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ